ads
އެއާޕޯޓު ސެކިއުރިޓީއާ ގުޅޭ ބައްދަލުވުން: ފޮޓޯޯ: އެމްއޭސީއެލް
އެއާޕޯޓުގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމަށް 18 އިދާރާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކޮށް، ތައްޔާރީތައް ވަރުގަދަކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އިތުރު 18 އިދާރާއެއް ގުޅިގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
Advertisement

މި ހަރަކާތަކީ 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 'އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް' (އެފެކްސް) އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެމްއޭސީއެލްގެ ކަމާގުޅޭ ޑިޕާޓްމަންޓުތަކުގެ އިތުރުން ޖުމްލަ 80 އޮފިޝަލުން ބައިވެރިވިއެވެ. މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ކުއްލި ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އާއި އެކި މުއައްސަސާތަކުގެ އެސްއޯޕީތައް އަދި އެއާލައިންތަކުގެ ޕްލޭންތައް މަސައްކަތްކުރާނެ ގޮތް ދެނެގަތުމެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޖުތަބާ ލަތީފު އަދި މުހައްމަދު ލަމްއާން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެފެކްސް އަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް، އެއާޕޯޓުގައި ދިމާވެދާނެ ހާދިސާއަކަށް ތައްޔާރުވެފައިވާ މިންވަރު ކަށަވަރުކުރުމަށް ބާއްވާ ހަރަކާތެކެވެ. އެމްއޭސީއެލުން ބުނީ މިއަދުގެ ހަރަކާތުން ފާހަގަވި ކަންކަމާއި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ވީއައިއޭގައި އެންމެ ފަހުން އެފެކްސް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އެކްސަސައިޒުގައި 33 އިދާރާއަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް