ads
ރައީސް މުއިއްޒު
ލަންކާގެ އާ ބޮޑުވަޒީރަށް ޑރ. ހަރިނީ އަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އާ ބޮޑުވަޒީރަށް ޑރ. ހަރިނީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
Advertisement

ސްރީލަންކާގެ އައު ބޮޑުވަޒީރަށް މަރުހާބާ ދަންނަވައި، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑުވަޒީރު ޑރ. ހަރީނީގެ ބެލުމުގެ ދަށުން ސްރީލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމަށެވެ. 

އަދި އެތައް ގަރުނެއްވެފައިވާ ރާއްޖެއާއި ލަންކާ ގުޅުން އިތުރު ބަދަހިކުރެއްވުމަށް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ ލަންކާގެ އާ ރައީސަށް ވެސް މަރުހަބާ ދަންނަވައިފަ އެވެ. ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަނޫރާގެ ވެރިކަމުގައި ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ ވާހަކަފުޅު ރީޕޯސްޓު ކުރައްވައި އަނޫރާ ވަނީ އެ މަނިކުފާނާއި ދިވެހިންނަށް ޝުކުރު ދަންނަވައިފަ އެވެ. އަދި ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް ސަރަހައްދީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ޑރ. ހަރީނީ އަމަރަސޫރިޔެ އައްޔަންކުރައްވަން އެ ގައުމުގެ އާ ރައީސް އަނޫރަ ކުމާރަ ދިސާނަޔަކަ ނިންމެވުމާއި ގުޅިގެން، އެކަމަނާ ވެފައިވަނީ ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަށެވެ. 

އެކަމަނާއަކީ ގާނޫނު ހަދާ މަޖިލީހުގައި ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިއްތިހާދު ތަމްސީލު ކުރައްވާ މެންބަރެކެވެ. 

މީގެ ހަތަރު އަހަރު ކުރިން ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެބަޑައިގެންނެވި ހަރިނީއަކީ ސޯޝިއޮލޮޖީ ލެކްޗަރާއެއްގެ ގޮތުގައި މަޝްހޫރު، އަދި މިންތީގެ ހަމަހަމަކަމާއި މައިނޯރިޓީ ހައްގުތަކުގެ މައްސަލަތަކުގައިވެސް އަޑުއުފުއްލަވާ ބޭފުޅެކެވެ.

އެކްޓިވިސްޓެއްގެ ގޮތުގައި ޑރ. ހަރިނީގެ މަސައްކަތްތައް ފެއްޓެވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ހިލޭ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި 2011 ވަނަ އަހަރު އެގައުމުގައި ބޭއްވި މުޒާހަރާތަކުންނެވެ.

އަމަރަސޫރިޔެއަކީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ތިންވަނަ އަންހެން ބޭފުޅާއެެވެ.

ލަންކާގެ ބޮޑުވަޒީރުގެ މަގާމު ހުސްވީ މިފަހުން އެމަގާމުގައި ހުންނެވި ދިނޭޝް ގުނަވަރްދަނަ އިސްތިއުފާ ދެއްވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް