މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީސީސީއިން ވަނީ ފުރުސަސަތު ހުޅުވާލާފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕާޓްނަރޝިޕް އުސޫލުން، ކޮންޓްރެކްޓާ ފައިނޭންސިން، ޖޮއިންޓް ވެންޗާ ނުވަތަ ލީސް މޮޑެލް ހިމެނޭ ގޮތަށެވެ.
މި އިމާރާތުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އިމާރާތުގެ ފަރުމާ، އިންޖިނިއަރިން، ކޮންސްޓްރަކްޝަން އަދި ފެސިލިޓީ ހިންގާނެ ގޮތުގެ ތަފްސީލު ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން، ހުށަހަޅާ ޕްރޮޕޯޒަލްގައި އެ ފަރާތްތަކުން ހުށަހަޅާ ޕާޓްނަރޝިޕް އުސޫލު ވެސް ބަޔާންކުރަންވާނެއެވެ.
މި މަޝްރޫއުގެ ސަބަބުން ކުދި ވިޔަފާރިތަކަށް މުދާ ރައްކާކޮށް ބެލެހެއްޓުމުގެ ދަތިކަން ޙައްލުވެ، އެ ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދުކުރެވޭކަމަށް ބީސީސީން ބުނެއެވެ.