ads
ހައްޖު ކޯޕަރޭޝަނުން އަޅާ ފްލެޓް ޑިޒައިން ކުރަން އެފްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ
ހައްޖު ކޯޕަރޭޝަނުން ފްލެޓް އަޅާ ވިއްކަނީ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމާ، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާހަވާލުކޮށްފިއެވެ.
Advertisement

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްޤީކުރަން ނިންމާފައިވާ ހައުސިން މަޝްރޫއަށް ދީފައިވާ ނަމަކީ "ނިއަމް ރެސިޑެންސް" އެވެ. 

މި އިމާރާތުގެ ޑިޒައިން މަސައްކަތް ކުރުމަށް އެފްޑީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި  ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ހިދުމަތް ދިނުންކަމަށް އެފްޑީސީން ބުނެއެވެ. 

"ނިޢަމް ރެސިޑެންސް" ހައުސިން މަޝްރޫއުގެ ދަށުން ހަދާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލުތަކެއް އެކުންފުނިން ހާމައެއް ނުކުރެއެވެ. 

އެފްޑީސީން ބުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް މި ފަދަ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް