ads
ދަނޑުގައި އެފްއޭއެމް އޮފީސް
އެފްއޭއެމްގެ ހިންގުން ވަގުތީ ގޮތުން ގަލޮޅު ދަނޑަށް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް- އެފްއޭއެމްގެ ހިންގުން ވަގުތީ ގޮތުން ގަލޮޅު ދަނޑުގައި ފަށައިފިއެވެ.
Advertisement

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން މަސައްކަތް ކުރާނެ ވަގުތީ އޮފީހެއް، ގަލޮޅު ރަސްމީ ދަނޑުގައި މިހާރު ގާއިމްކޮށްފައިވާއިރު، ދަނޑުގެ ވީއައިޕީ ގޭޓްގައި އެފްއޭއެމްގެ ނަންބޯޑުވެސް މިހާރުވަނީ ހަރުކޮށްފައެވެ. މީގެ ކުރިންވެސް ވަގުތީ ގޮތުން އެތަނުގައި އެފްއޭއެމް ހިންގި ނަމަވެސް ކުރިން ނަންބޯޑު ހަރުކޮށްފައެއް ނުވެއެވެ.

އެފްއޭއެމްގެ ހިންގުން ވަގުތީ ގޮތުން ގަލޮޅު ދަނޑުގައި ފަށާފައިވާއިރު، އެފްއޭއެމްގެ ރަސްމީ އިދާރާ ހުރި އިމާރާތްވަނީ ސުންނާފަތިވެފައެވެ. އެތަނުގައި ކަރަންޓެއްވެސް ނެތެވެ. އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް ސަސްޕެންޑްކޮށް، ބައްސާމްގެ މައްޗަށް އެ އިދާރާގެ ފައިސާއަށް ހިޔާނަތްތެރިވުމުގެ ދައުވާ އުފުލާފައިވާއިރު، އެ އިދާރާގެ ކުރީގެ ފައިނޭންސް ހެޑްގެ މައްޗަށް ދައުވާ އުފުލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ބޮއްސުންލާފައިވާ އެފްއޭއެމްގެ ހިންގުން ފީފާއިންވަނީ ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. އެ ކޮމެޓީން އަންނަނީ ފުޓުބޯޅައިގެ އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. ދަނޑުގައި ހުރި އެފްއޭއެމްގެ އޮފީހަކީ އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ އެދުމުގެ މަތިން ކުޅިވަރު ވުޒާރާއިން ގާއިމްކޮށްދިން އޮފީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް