
މިއަދު ބޭއްވުނު ޕެރޭޑު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖާ އަބްދުﷲ ސައީދު ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ މިއީ އަޖުބާންގެ އެންމެ ފަހުގެ ވެހިކަލްތަކެއް ކަމަށެވެ. އަދި މި ވެހިކަލްތަކަކީ މަޑު ފަސްގަނޑުތަކާއި ހަރުކޮށް ހުންނަ ތަންތަނުގައިވެސް ބޭނުންކުރެވޭ ގޮތަށް ހުރި ވެހިކަލްތަކެއް ކަމަށް އޭނާ ބުނިއެވެ. މި ވެހިކަލްތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އެއްމަސް ދުވަހުގެ ތެރޭގައެވެ.
މޭޖާ ސައީދު އިތުރަށް ބުނީ މި ވެހިކަލްތައް އޭރިއާ ކޮމާންޑުތަކާއި މާލޭ ސަރަހައްދުގައި ބޭނުންކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު ފުރިހަމަކަމެއް ކަމަށެވެ. އަދި މިއީ ދިފާއީ ގޮތުން ދިވެހި ސިފައިންގެ ގާބިލުކަމަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށްވެސް އޭނާ ބުނިއެވެ. ކުރީގައި ދިވެހި އަސްކަރިއްޔާއިން އެއްގަމު ސަރަހައްދުތަކުގައި ހަރަކާތްތެރިވާނޭ ވެހިކަލްތައް ގެންގުޅުނު ނަމަވެސް، މިއީ މި ޒާތުގެ އުޅަނދުތައް ގެނައި ފުރަތަމަ ފަހަރުކަން އޭނާ ފާހަގަ ކުރިއެވެ.