ads
ފައްޔާޒު އާއި މަންދީ
މަންދީ ފުލުހަށް ހާޒިރުކޮށް އިތުރު ބަޔާނެއް ނަގައިފި
އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ފުލުހުން އަނެއްކާވެސް ހާޒިރުކޮށް އިތުރު ބަޔާނެއް ނަގައިފިއެވެ.
Advertisement

މަންދީ ފުލުހަށް ހާޒިރުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައި އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. 

ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ މަންދީ ހާޒިރުކުރަނީ 2025 މާޗް 12 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.

މަންދީގެ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެފައިވަނީ މަންދީ ފުލުހަށް ހާޒިރުކޮށްފައިވަނީ ކުރިން ނަގާފައިވާ ބަޔާނަށް ބައެއް އިތުރުކޮށްލުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ. މީގެ ކުރިންވެސް މަންދީ ވަނީ މި މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

ނިޝާން އިތުރަށް ވިދާޅުވީ މުޒާހަރާގެ ތެރެއިން މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތަހުގީގުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ މުއްދަތު ޖަހައި އަނެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށްވެސް ތުހުމަތުކުރެވޭ ކަމަށް ނިޝާން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާއެއް ކުރަމުންދާ ކަމަށްވެސް ނިޝާން ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް