ads
ރައީސް އދ. ގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާ ގުޅޭގޮތުން މިއަދު އޮތް މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
މޫސުމީ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މައްސަލައަށް ރައީސްގެ ތިން ހުށަހެޅުއްވުމެއް
މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް ތިން ފިޔަވަޅެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
Advertisement

އދ. ގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާ ގުޅޭގޮތުން މިއަދު އޮތް މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި، ހޯދިފައިވާ ތަރައްގީ "ގިރައިލައި" އިގްތިސޯދު ވެސް ނުރައްކަލުގެ ތެރެއަށްް ވައްޓައިލަމުން އަންނަކަމަށެވެ.

އެހެންކަމުން މޫސުމީ ބަދަލުތަކާއި، އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، އަވަސް އަދި ދާއިމީ ގޮތެއްގައި ދުނިޔެއިން އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަން ގޮވައިލާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ 35 އަހަރު ކުރިން 1989ގައި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ރާއްޖެއިން ބޭއްވި ކުދި ގައުމުތަކުގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އިންސާނިއްޔަތަށް ހުރި އާންމު ކަންބޮޑުވުމެއްގެ އިތުރުން، ތަރައްގީއަށް ވެސް އޮތް ގެއްލުމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ހައްލު ކުރުމަށް ރައީސް ޑރ. މުއިއްޒު ހުށަހަޅުއްވި، ފުރަތަމަ ކަމަކީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ހޭދަކުރަން ޖެހޭ ފައިސާ ލިބުމުގެ ފުރަސަތު ފަހި ވުމެވެ. 

އަދި މިހާރު ލިބޭ އެހީ ދެ ގުނަ ކޮށް އެހީ ހޯދަން އޮންނަ ދިގު މަރުހަލާތަކާއި އުނދަގޫ އުސޫލުތައް އުނިކުރަން ގޮވައިލެއްވި އެވެ.

ދެން ރައީސް ހުށަހެޅުއްވީ އެފަދަ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފަންޑުތައް އޮޕަރޭޝަނަލައިޒް ކުރުމުގެ އިތުރުން އެކަމުން އަރައިގަތުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމެވެ.

"ހާއްސަ އެޑެޕްޓޭޝަން ބޭނުންތަކަށް އެއްބާރުލުން ނުދީ، ޕެރިސް އެގްރީމެންޓާއި 2030ގެ އެޖެންޑާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލަމުން ވަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ހުރިކަން ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް