ads
އދ.ގެ އާންމު މަޖިލީހުގައި ރައީސް އިއްޔެ ތަގުރީރު ކުރައްވަނީ: އިޒްރޭލުން ހިންގަނީ ގަތުލްއާމެއް ކަމާއި ޖަވާބުދާރީކުރުވަންޖެހޭ ކަމަށް ވިދާޅުވި
ރައީސަށް މަރުގެ އިންޒާރު ދިނުން ބައެއް ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ޖުމްހޫރީ ޕާޓީއާ މޯލްޑިވްސް ނެޝަނަލް ޕާޓީން ކުށްވެރި ކޮށްފި އެވެ.
Advertisement

ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. 

އެގޮތުން އެ ކޮމެންޓުގައި ރައީސް "މަރާލާނެ" ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ނުރައްކާތެރި އިންޒާރެއް ގައުމުގެ ވަލިއްޔުލްއަމުރަށް ދިނުމަކީ ގައުމުގެ އަމާންކަން ނަގާލައި، ގައުމުގައި އޮތް ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ނެތިކޮށްލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާފަދަ ނާތަހުޒީބީ އަދި އެހާމެ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

މި އިންޒާރަކީ ހަމައެކަނި އެމަނިކުފާނަށް ދިން އިންޒާރެއް ނޫން ކަމަށާއި އެއީ މުޅި ދިވެހި ޤައުމަށް ދީފައިވާ ބިރުވެރި އިންޒާރެއްކަމަށް ވެސް ޖޭޕީން ބުނެ އެވެ.

"މި ނުރައްކާތެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް، އެ އަމަލު ހިންގި ފަރާތާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަވަސްކޮށް އެޅުމަށް ދިވެހިރާއްޖޭގެ ތަންފީޒީ އެންމެހާ އިދާރާތަކަށް މި ޕާޓީން ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްއެންޕީން ވެސް ބުނީ އެ އަމަލު ކުށްވެރި ކުރާ ކަމަށެވެ. އަދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ އެކަން ކުރި މީހާއާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޕާޓީން ވެސް ވަނީ ގޮވާލާފަ އެވެ.

ރައީސް މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރު ދީފައި ވާތީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

މީގެ އިތުރުން މުއިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. މާލެސިޓީ ކައުންސިލުން ބުނީ މިފަދަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި މިއީ އަނިޔާވެރިކަމާއި ރަހުމު ކުޑަ އަދި ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ. 

ކައުންސިލުން ބުނީ ގޮތުގައި، އެކަމަކީ މުޖުތަމައު ތެރޭގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް