ads
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރުއާ ސަލާންކުރައްވަނީ.-- ފައިލް ފޮޓޯ: ފޮރިން މިނިސްޓްރީ
ފަތުރުވެރިކަމަކީ ގައުމުތަކުގެ ގުޅުން ބަދަހި ކުރުމުގެ މުހިންމު ވަސީލަތެއް: މޫސާ ޒަމީރު
ޓޫރިޒަމް ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތަކީ، ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުވައިދޭ އެންމެ މުހިންމު ތަނބު ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
Advertisement

ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަން ހަމައެކަނި މުހިންމުވަނީ ރާއްޖޭގެ އިގްތިސާދަށް އެކަނި ނޫން ކަމަށާއި ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ވެސް އެއީ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތަފާތު ސަގާފަތްތަކުގެ ގައުމުތައް އެއްބައި ކުރުމުގައާއި އަމާންކަން ފެތުރުމުގައި ފަތުރުވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ރާއްޖެއިން މަސައްކަތް ކުރަނީ ހުރިހާ އެންމެނަށް ވެސް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ފަތުރުވެރިކަމަކީ ދެމެހެއްޓެނިވި ކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ބާރަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައެވެ.

މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މަންޒިލަކަށް ވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1,463,507 އަށް އަރާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް