ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ އެންޖެލޯ ގެބްރިއެލް އެވެ.
އަލް ނަސްރުން ދެ ވަނަ ލަނޑެއް ޖެހީ، ޖެހީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ ޕެނަލްޓީއަކުންނެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖެހި 903 ވަނަ ލަނޑެވެ. އަދި ސައުދީ ލީގުގެ އަލް ނަސްރަށް ބަދަލުވީ ފަހުން އެ ކުލަބަށް އޭނާ ޖަހައިދިން 70 ވަނަ ލަނޑެވެ.
މޮޅާއެކު އަލް ނަސްރު ތިން ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓު ހޯދައިގެންނެވެ.