ads
އައިޖީއެމްއެޗުން ޓީއެސްގައި ހިންގި ކްލިނިކަކުން ފަރުވާ ހޯދަނީ-- ފޮޓޯ: ވީނިއުސް
ބޭރަށް ހިންގާނަމަ ކުރެވޭނީ ކޮން ކަމެއް؟
ބޭރަށް ހިންގުމަކީ އާއްމު ގޮތެއްގައި މީހުންނަށް ދިމާވާ ސިއްހީ މައްސަލަ އެކެވެ. އެއީ ވަރަށް އާދައިގެ ބޭރަށް ހިންގުމަކަށް ވެސް ވެދާނެ އެވެ. އެކަމަކު ބައެއް ފަހަރު އެ މައްސަލަ ސީރިއަސްވާ ހާލަތް މެދުވެރިވެ އެވެ.
ބޭރަށް ހިންގުމަކީ އާއްމު ގޮތެއްގައި މީހުންނަށް ދިމާވާ ސިއްހީ މައްސަލަ އެކެވެ. އެއީ ވަރަށް އާދައިގެ ބޭރަށް ހިންގުމަކަށް ވެސް ވެދާނެ އެވެ. އެކަމަކު ބައެއް ފަހަރު އެ މައްސަލަ ސީރިއަސްވާ ހާލަތް މެދުވެރިވެ އެވެ.

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އަނެއްކާވެސް އިތުރުވެފައި ވާއިރު ބޭރަށް ހިންގުން ކަމަށް ބެލެވޭނީ 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

ބޭރަށް ހިންގާނަމަ ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަން:

1- އޯއާރުއެސް އަދި ދިޔާތަކެތި ބޭނުން ކުރުން

-ގިނަގިނައިން ލޮނު ޕެކެޓް (އޯއާރުއެސް)، ފެން، އަދި ސޫޕް އާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުން ކުރެވިދާނެ އެވެ.

2- އަތް ދޮވުން

- ކުޑަ ކުދިންގެ ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން އަދި ބޭނުންކޮށްފައި ހުންނަ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލަންވާނެ އެވެ.

- ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންވާނެ އެވެ.

3- ފެނާއި ކާނާ ރައްކާތެރި ގޮތުގައި ބޭނުން ކުރުން

- ބޯން ބޭނުން ކުރާ ފެން ކައްކައިގެން ބޭނުން ކުރުން މުހިއްމެވެ.

- ކާބޯތަކެތި ބަހައްޓަން ވާނީ މެހި ފަދަ ތަކެތި ނުޖައްސާނެހެން މަތި ޖަހާފަ އެވެ.

4- ޑޮކްޓަރުގެ ލަފާ ހޯދުން

- ތިން ދުވަސް ވަންދެން 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޭރަށް ހިންގާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.

5- ގޭގައި އަރާމުކުރުން

- ބޭރަށް ހިންގުމުގެ އަލާމަތްތައް ނުފެންނަތާ ދެ ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ފޮނުވައިގެން ނުވަތަ މަސައްކަތަށްދާ މީހުން މަސައްކަތަށް ގޮސްގެން ނުވާނެ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް 43570 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ. އެޗްޕީއޭ އިން ވަނީ އަދިވެސް ބޭރަށް ހިނގުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އާއްމު ގޮތެއްގައި ކުޑަކުދިންނަށް ބޭރަށް ހިންގުން ދިމާވުމުން ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވާނެ އެވެ. ބޮޑެތި މީހުންނަށް ޖެހިއްޖެ ނަމަ ދެ ދުވަހާއި ހަތަރު ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅު ވާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް