ads
ނާގިންގެ ދެ ތަރިން، މައުނީ އާއި އަރުޖުން ރާއްޖޭގައި
ނާގިންގެ ދެ ތިރިންކަމަށްވާ މައުނީ އާއި އަރުޖުން ރާއްޖޭގައި: ލަވައެއް ވެސް ކިޔައިދީފި
މިވަގުތު، "ނާގިން" ސީރީޒްގެ ތަރިން ކަމުގައިވާ އަރުޖުން ބިޖްލާނީ އަދި މައުނީ ރޮއި އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
Advertisement

ނަމަވެސް، މި ދެ ތަރިން އެކުގައި ޗުއްޓީ ހޭދަކުރަނީއެއް ނޫނެވެ. އެމީހުން ރާއްޖެ އައީ ވަކިވަކިން އެމީހުންގެ ރަހުމަތްތެރިންނާއެކުއެވެ. މައުނީ ރާއްޖެ އައީ އޭނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ. އަރުޖުން ރާއްޖެ އައީ އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކުރުމަށެވެ. މިއަދަކީ މައުނީ ރޮއިގެ އުފަންދުވަސް ކަމަށްވާތީ، އަރުޖުން ވަނީ މައުނީއަށް އުފަންދުވަހުގެ ލަވައެއް ކިޔައިދީފައިވާ ވީޑިއޯއެއް ޝެއާކޮށްފައެވެ.

އަރުޖުން ބިޖްލާނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޝެއަރކޮށްފައިވާ މި ވީޑިއޯ ނަގާފައިވަނީ މި ދެ ތަރިން ރާއްޖެ އައުމުގެ ކުރިން އެއަރޕޯޓުގައި ބައްދަލުވި ވަގުތުއެވެ. މި ދެ ތަރިން މިހާރު ތިބީ ރާއްޖޭގެ ތަފާތު ދެ ރިސޯޓުތަކުގައެވެ. ނަމަވެސް، މި ވީޑިއޯގައި އަރުޖުން ވަނީ މައުނީއަށް އުފަންދުވަހުގެ ލަވައެއް ކިޔައިދީފައެވެ. އެއީ އޭނާގެ އުފަންދުވަހުގައި މައުނީއާ ބައްދަލުނުވެދާނެތީއެވެ.

އަރުޖުން ބިޖްލާނީ ވަރަށް ރީތިކޮށް "ހެޕީ ބާތްޑޭ ޓު ޔޫ" ކިޔައިދިނުމަށްފަހު، "އަހަރުމެން މި ދަނީ ރާއްޖެ، އެކަމަކު ތަފާތު ދެ ރިސޯޓަކަށް" މިހެން ބުނެފައިވެއެވެ. 

your imageމައުނީ އާއި އަރުޖުން:-  

މި ދެ ތަރިންގެ ރަހުމަތްތެރިކަމާއި ގުޅުން ހާމަވާ ގޮތަށް އެމީހުން ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. ގިނަ ދުވަސްތަކަކަށްފަހު ބައްދަލުވުމުން އުފާވެފައިވާކަން އެމީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ. މިކަމުން އެމީހުންގެ ފޭނުން ވަނީ އުފާވެފައެވެ. އަރުޖުން ވަނީ އިންސްޓަގްރާމުގައި "ހެޕީ ބާތްޑޭ މޯނާ" މިހެން ލިޔެފައެވެ.

ނަމަވެސް، މައުނީ ރޮއިގެ ޗުއްޓީގެ ފޮޓޯތަކުގައި އޭނާގެ ފިރިމީހާ ސުރާޖް ނަމްބިއާރު ނެތްކަން ފާހަގަކުރެވެއެވެ. މައުނީ އަންނަނީ އޭނާގެ ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް