ads
ރާއްޖޭގައި 15އަހަރާއި 65އަހަރާ ދެމެދުގެ %4.7 ހިތުގެ ބަލީގެ މީހުން
ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
Advertisement

މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓްގައި ބުނީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔަކީ ހިތުގެ ބަލި ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) ކަމަށެވެ. ހިތުގެ ބަލީ ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާޓް ފެޑެރޭޝަން އިން ލަފާކުރާ ކަމަށާއި މި މަރުތަކުގެ މައިގަނޑު ސަބަބުތަކަކީ ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަ ސްޓްރޯކްކަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

އެޗްޕީއޭގެ ރިޕޯޓްގައިވަނީ ރާއްޖޭގައި ހިތުގެ ބަލިތައް އޮތް ހާލަތަށްވެސް ބަލާލާފައެވެ. އެގޮތުން ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް 2020 އިން 2021 އަށް ރާއްޖޭގައި ހެދުނު "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސާވޭ 2020 -2021" އިން ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށެވެ. އަދި 27.7 އިންސައްތަ މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުން ކަަމަށްވެސް އެ ރިޕޯޓްގައިވެއެވެ.

މި ދިރާސާގެ ބައިވެރިންގެ މެދުގައި ހިތުގެ ބަލި ޖެހުމަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް ހެދުނު އެސެސްމެންޓުން ދައްކާ ގޮތުން 40 އަހަރާއި 69 އަހަރާ ދެމެދުގެ އުމުރު ފުރައިގެ 3 އިންސައްތަ ފިރިހެނުން 1.4 އިންސއްތަ އަންހެނުންނަކީ 10 އަހަރު ތެރޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނެވެ.

7.5 އިންސައްތަ ފިރިހެނުން، 7.9 އިންސައްތަ އަންހެނުން ނަކީ 10 އިންސައްތަެއާ 20 އިންސައްތަ އާއި ދެމެދަށް އަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. މީގެ އިތުރުންވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮތް 61.8 މީހުންނަކީ ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގު ތެރަޕީ އަދި ކައުންސެލިންް ބޭނުންވާ މީހުންކަމަށްވެސް އެ ރިޕޯޓްގައިވެެއެވެ. އެއީ 50.4 އިންސައްތަ ފިރިހެނުންނާއި 82.7 އަންހެނުންނެވެ. 

ހިތުގެ ބަލީގެ ސަބަބުން ބަލި ޖެހޭ މީހާއަށާއި އަދި ބަލިޖެހޭ މީހާގެ އާއިލާ ތަކަށާއި މުޖުތަމައަށް ވެސް އަސަރު ކުރާކަން ފާހަގަކޮށް އެ ރިޕޯޓްގައިވަނީ މިކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް