ads
އދ. ދިގުރަށް: ފޮޓޯ:އައިސްލްސް
ދިގުރަށު ކުނި ގޮނޑުން ފެނުނު ކުއްޖާގެ މަރުގެ މައްސަލަ: ޝަރީޢަތް ނޮވެމްބަރު މަހު
އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުންތައް ނޮވެމްބަރު މަހު ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ
Advertisement

 މި މައްސަލައިގައި ސްރީލަންކާގެ އަންހެނެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑިއަލްވިސްގެ މައްޗަށް ތިން ދަޢުވާއެއް އުފުލާފައިވެއެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެނގިހުރެ މީހަކު މެރުމާއި، ކުޑަކުއްޖެއްގެ ސިއްޙަތަށް ގަސްދުގައި ގެއްލުން ދިނުމާއި، އަދި މަރެއް ފޮރުވުން ހިމެނެއެވެ. މި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނެވެ.

ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ހެކިތަކަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ނިންމާފައިވެއެވެ. މީގެ ތެރޭގައި ކުއްޖާއާއި އަންހެން މީހާގެ ޑީއެންއޭ ރިޕޯޓް ހިމެނެއެވެ.

ހިރަންޏާގެ ދިފާއީ ވަކީލު ވަނީ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ވަގުތަށް އެދިފައެވެ. މި ހުށަހެޅުންތައް އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް ގާޒީ އިބްރާހިމް އިހުސާން ވިދާޅުވިއެވެ.

އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުސަތު ލިބުނު ހިރަންޏާ ވަނީ، އޭނާ 10 މަސްދުވަސް ވަންދެން ބަންދުގައި ހުރިކަމާއި، ރާއްޖޭގައި އެހީތެރިވާނެ މީހަކު ނެތްކަން ފާހަގަކޮށްފައެވެ. އަދި މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިފައިވެއެވެ.

ގާޒީ އިބްރާހިމް އިހުސާން ވިދާޅުވި ގޮތުގައި، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނޮވެމްބަރު މަހު ފެށި، މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށްޓަކައި އެޅޭ ފިޔަވަޅެކެވެ.

މި މައްސަލައިގައި ހިރަންޏާ ހައްޔަރުކުރެވިފައިވަނީ އޭނާ އަނބުރާ ޤައުމަށް ދިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އުޅެނިކޮށް ކަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް