ads
އައިޝްވާރިއާ އަދި ސޯނަމް ކަޕޫރު
"އާންޓީ" އެއްކަމަށް ބުނެފައިއޮއްވައި ސޯނަމްގެ ޕާޓީއަށް އައިޝްވާރިއާ ގޮސްފި
ސޯނަމް ކަޕޫރުގެ ކައިވެނީގެ ހަފްލާގައި އައިޝްވަރިޔާ ރާއީ ބައިވެރިވުމާއެކު، ބޮލީވުޑްގެ މި ދެ މަޝްހޫރު ތަރިންގެ ދެމެދުގައި އޮތް ގުޅުން އަލުން ރަނގަޅުވެއްޖެއެވެ.
Advertisement

މީގެ އަހަރުތަކެއް ކުރިން، ސޯނަމް ކަޕޫރު އައިޝްވަރިޔާ ރާއީ އަކީ "އާންޓީ" އެއް ކަމަށް ބުނި މައްސަލައިގެ ސަބަބުން، މި ދެ ތަރިންގެ ދެމެދުގައި ވަރަށް ބޮޑު އަރާރުމެއް ހިނގިއެވެ.

އެ މައްސަލައިގައި ސޯނަމް ކަޕޫރު ވަނީ އޭނާގެ ބަހުގެ މާނަ ނަގާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، އައިޝްވަރިޔާއަށް އިޙްތިރާމްކުރާކަމަށް ބުނެފައެވެ. ނަމަވެސް، އޭރު އައިޝްވަރިޔާ ރާއީ ވަނީ މި މައްސަލައިން ވަރަށް ބޮޑަށް އަރާރުންވެފައެވެ. މިކަމުގެ ސަބަބުން، ކާންސް ފިލްމް ފެސްޓިވަލްގައި ދެ މީހުން އެކުގައި ބައިވެރިވުމަށް އައިޝްވަރިޔާ އިންކާރުކުރިކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.

ނަމަވެސް، މިހާރު ސޯނަމް ކަޕޫރުގެ ކައިވެނީގެ ހަފްލާގައި އައިޝްވަރިޔާ ރާއީ އަދި އޭނާގެ ފިރިމީހާ އަބިޝެކް ބަޗަން ބައިވެރިވެފައިވުމަކީ، މި ދެ ތަރިންގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުން ނިމުމަކަށް އައިސް، ގުޅުން އަލުން ރަނގަޅުވެފައިވާކަމުގެ ނިޝާނެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް