މި އޮފަރތައް އިއުލާންކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި އެކުންފުނިން ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ދިރާގަށް ކަސްޓަމަރުން ކުރައްވާ އިތުބާރަށްޓަކައި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ދިރާގުގެ ހިއްސާދާރުންނާއި ޕާޓްނަރުންނާއި ދިރާގުގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދިރާގުން 36 އަހަރުގެ އީޖާދީ ކުރިއެރުންތަށް ފާހަގަކުރަމުން ދާއިރު، އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް މަތީ ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދީ، ޑިޖިޓަލް މުސްތަގުބަލުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށްވެސް މިރްޝާން ވިދާޅުވިއެވެ.
ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހިތްގައިމު އޮފަރތަކެއް ލޯންޗުކޮށްފައެވެ. އެއީ:
o ކޮންމެ ދުވަހަކު އައިފޯން 16 އެއް: ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަނުގައި އެންރޯލްކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުވަތެއްގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު އައިފޯން 16 އެއް ދިނުމަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.
o ޑަބަލް ދަ ޗާންސް: 16 ސެޕްޓެންބަރުން ފެށިގެން 31 އޮކްޓޫބަރު 2024 ގެ ނިޔަލަށް ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގައި އެންރޯލްކުރާ ފަރާތްތަކަށް އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ދެގުނަ ވެގެންދާނެއެވެ.
o ހިލޭ ދަތުރެއް: އޮކްޓޫބަރު މަހު ދިރާގުން ކުރިއަށްގެންދާ ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި 7 ރައްޓެހިންނާ އެކު ހިލޭ ދަތުރެއް ދިޔުމުގެ ފުރުސަތު ދިރާގުން ހުޅުވާލެނެއެވެ.
މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/47QL9iP
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އިތުރު އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއެރުވުމަށާއި 'ޑިޖިޓަލް ރާއްޖެ'އެއްގެ ތަސައްވުރު ހާސިލްކުރުމަށެވެ.