އޭއެފްސީ ޗެމްޕިއަންސް ލީގުގައި ގަތަރުގެ އަލް ރައްޔާނާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު މާނޭ ޖަހާފައިވާއިރު، ދެވަނަ ލަނޑު ޖެހީ ރޮނާލްޑޯއެވެ. މި މެޗު ކުޅުނީ ސައުދި އަރަބިއްޔާގެ ރިޔާދުގައެވެ.
މިއީ އަލް ނަސްރުގެ ކޯޗު ކަމާއި އޭސީ މިލާނުގެ ކުރީގެ ކޯޗު ޕިއޮލީ ހަވާލުވި ފަހުން އެ ޓީމު މޮޅުވި ހަތަރުވަނަ މެޗެވެ.