ads
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
އޯޕަން މާކެޓް އޮޕަރޭޝަން ފަށާ، އިތުރަށް ޗާޕްކުރި ފައިސާ އަނބުރާ ހާޒާނާއަށް ވައްދަނީ
‎މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް އަންނަ ނޮވެމްބަރު މަހު ފަށްޓަވާނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްއެމްއޭގެ ފަރާތުން މިކަން ހާމަކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ނޫސްވެރިންނާ އެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ގަވަރުނަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަން ފެށުމަށް އެމްއެމްއޭގެ ބޯޑުން ވެސް ފާސްކޮށްފައިވާ ކަމަށެވެ.

މުނައްވަރު ވިދާޅުވީ މި މަސައްކަތް ފެށުމުން ސަރުކާރުގެ ކޭޝްފްލޯއަށް ދަތިތަކެއް އަންނާނެކަމަށެވެ. ނަމަވެސް ސިނާއަތްތަކުގެ ތަޖުރިބާކާރުން އަދި އެހެން ބޭފުޅުންގެވެސް ލަފާއަކީ، މިއީ ކޮންމެހެން ކުރަން ޖެހޭކަމެއްކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ މި މަސައްކަތުގެ ބޭނުމަކީ އިގްތިސާދުގައި ދައުރުވާ އެކްސެސް މަނީ މަދުކުރުން ކަމަށެވެ.  

"އޭގެ ވެސް ސަރުކާރަށް ދަތިތަކެއް ވާނެ. ޕްރެޝާއެއް އަންނާނެ އެބޭފުޅުންގެ ކޭޝް ފްލޯ މެނޭޖް ކުރުމުގައި. މޮނިޓަރީ ޕޮލިސީ ޓައިޓަން ކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށަނީ. ހަ ބިލިއަން، ފަސް ބިލިއަން ރުފިޔާ މަޑު މަޑުން މި ހިފަހައްޓަނީ. އެއްފަހަރަކާ ނޫން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވެ ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ފައިސާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އެކި ފަހަރު މަތިން 8.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައި އިގްތިސާދަށް ދޫކޮށްލި އެވެ. ނަތީޖާ އަކީ ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު އިތުރުވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރުމެ އެވެ. 

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ މަޖިލީހުން އެންމެ ފުރަތަމަ ދިނީ 2020 ވަނަ އަހަރު އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން ހުއްދަ އޭގެފަހުން ދެ ފަހަރެއްގެ މަތިން މަޖިލީހުން ވަނީ އިތުރުކޮށްދީފަ އެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމާއިއެކު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުނުކޮށް މި ސަރުކާރުން ވަނީ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުން ހުއްޓާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް