ads
އެމްއެމްއޭ
ދެން، މަދުވެގެން ރިސޯޓުތަކުން އަހަރަކު 750 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ވަންނާނެ
މަނިޓަރީ ގަވާއިދާއި މަނީ ޗޭންޖާ ގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު އުވާލައި، އާ ދެ ގަވާއިދެއް އެކުލަވާލައި ގެޒެޓް ކޮށްފި އެވެ.
Advertisement

އާ ދެ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާ އަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން އަހަރަކު ޖުމްލަ 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ދެން މަޖުބޫރުވާނެ އެވެ.  

އެ ގަވާއިދުތައް އެކުލަވާލީ ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، ފަންނީ ބޭފުޅުންގެ ލަފައާއެކު ކަމަށާއި އެ ދެ ގަވާއިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އެމްއެމްއޭއިން ބުންޏެވެ. މި ބަދަލާ އެކު، އެމްއެމްއޭ އިން 1 މާޗް 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މޮނިޓަރީ ގަވާއިދު އުވުނީ އެވެ. 

"މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެ،" އެމްއެމްއޭއިން ބުންޏެވެ.

މި ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ އަދި ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގުފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ. 

މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މަގުފަހިވެގެން ދާނެކަމަށާއި ވަކިން ހާއްސަކޮށް މި ގަވާއިދުތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ގަވާއިދުގެ ދަށުން މީރާގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އަލަށް މީރާގައި ރަޖިސްޓްރީވާ ޓޫރިޒަމް ވިޔަފާރިތަކަށްވެސް މީރާގައި ރަޖިސްޓްރީކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ. 

ރަޖިސްޓްރީކުރާ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި ވިއްކާ މުދަލުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަންޖެހެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންވާނެ އެވެ. އަދި ބޭންކަށް ފައިސާ ޖަމާކުރުމަށްފަހު، ޖަމާކުރިކަން ބޭންކަށް ހުށަހަޅަންޖެހޭނެ އެވެ. 

އޭގެ އިތުރަށް ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ އާމްދަނީގެ މިންވަރެއް ބޭންކުތަކަށް މާރުކުރުންވެސް ގަވާއިދުން ލާޒިމުކޮށްފައިވެ އެވެ. އެގޮތުން ޓޫރިޒަމް ވިޔަފާރިތައް ދެ ކެޓަގަރީއަކަށް ގަވާއިދުގައި ބަހާލާފައިވެ އެވެ. 

އާ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ. 

  • ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް. ކެޓަގަރީ "އޭ" ގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ދެން މަޖުބޫރުވާނެ 
  • ކެޓަގަރީ "ބީ" ގައި ހިމެނެނީ ގެސްޓް ހައުސްތައް. އެ ތަންތަނުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އަންނަ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ޖެހޭނެ 

ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ދެން މަޖުބޫރުވުމުން ޓޫރިސްޓުންގެ ތަފާތު ހިސާބަށް ބަލާއިރު ރިސޯޓުތަކުން ޑޮލަރު މާރުކޮށްގެން ބޭންކްތަކަށް އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެ އެވެ. 

އެއީ މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އައި އިރު އޭގެ ތެރެއިން 1.5 މިލިއަން ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި އެވެ. އެހެންވެ، އެ އަދަދުން ބަލާނަމަ ރިސޯޓަށް އެތެރެވާ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން، ޑޮލަރު މާރުކުރަން މަޖުބޫރު ވުމުން އަހަރަކު ރާއްޖޭގެ ބޭންކުތަކުން މަދުވެގެން 750 މިލިއަން ޑޮލަރު ލިބޭނެ އެވެ.

މިގޮތަށް މާރުކުރާ ފައިސާގެ ތެރެއިން 40 އިންސައްތަ ބޭންކުތަކުގައި ބެހެއްޓުމަށްފަހު ބާކީ 60 އިންސައްތަ ޖެހިގެން އަންނަ ހަފުތާގެ ބުދަދުވަހުގެ ކުރިން އެމްއެމްއޭއަށް ވިއްކަންޖެހޭނެ ކަމުގައި އުސޫލުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން ވަކި ހާލަތްތަކެއްގައި ވިޔަފާރިތަކުން މާރުކުރަންޖެހޭ އަދަދު މަދުކޮށްދިނުމުގެ އިހުތިޔާރު އެމްއެމްއޭއަށް ލިބިގެންވެ އެވެ. އެއީ:

  • ބޭރު ފައިސާ އިން ޓެކްސް ދެއްކުން.
  • މާލީ އިދާރާއަކަށް ބޭރު ފައިސާ އިން ދަރަނި ދެއްކުން.
  • ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމެއް.
  • އޮތޯރިޓީން ހުއްދަދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމެއް. 

މި ގޮތަށް ފައިސާ ޖަމާކުރަން ޖެހޭނީ ޑޮލަރުން ނުވަތަ އެމްއެެމްއޭއިން ހުއްދަކުރާ އެހެން ބޭރު ފައިސާއަކުންނެވެ.

ކޮންމެ މަހެއްގެ ތެރޭގައި ބޭންކަކަށް މާރުކޮށްފައިވާ ބޭރު ފައިސާގެ ތަފްސީލު އެ މަހެއް ނިމޭތާ 10 ވަނަ ދުވަސް ތެރޭ ޓޫރިޒަމް ފެސިލިޓީތަކުން އެމްއެމްއޭއަށް ހުށަހަޅަން ޖެހޭނެ އެވެ. މި ގަވާއިދުގައި ބުނާ ގޮތަށް ބޭރު ފައިސާ މާރުނުކޮށްފި ނަމަ އެ ފަރާތެއް 5،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެ އެވެ. 

އެމްއެމްއޭއިން ބުނެފައިވަނީ މި ބަދަލު ގެނައުމުން އެމްއެމްއޭއަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ލިބި، ބޭންކުތަކުން ރައްޔިތުންނަށް ޑޮލަރު ދޫކުރަން ބޭނުންވާ އަދަދަށް ބޭރު ފައިސާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭންކުތަކުން ދެމުންދާ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަށް ބާރު އެޅޭނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް