ޗެމްޕިއަންސް ލީގުގެ ރަސްގެފަނު، ރިއާލުން ރަށުން ބޭރުގައި ލިލް އަތުން ރޭ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. 15 ޗެމްޕިއަންސް ލީގު ތަށި އުފުލާލާފައިވާ ރެއާލާ ދެކޮޅަށް ލިލްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ޖޮނަތަން ޑޭވިޑެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކްވެސްވަނީ ބަލިވެފައެވެ. ބަޔާން މިއުނިކް ބަލިވީ، އެސްޓަންވިލާ އަތުން އެއް ލަނޑު ސުން ލަނޑުންނެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ޕޯޗުގަލްގެ ބެންފީކާ އަތުން 4-0 އިން ބަލިވެފަ އެވެ.
ލިވަޕޫލާއި ޔުވެންޓަސް ވަނީ ރޭގެ މެޗު ކާމިޔާބު ކޮށްފަ އެވެ. 2-0 އިން ލިވަޕޫލުން ބޮލޯނިއާ ބަލިކުރި އިރު، ޔުވެންޓަސް މޮޅުވީ އާރުބީ ލައިޕްޒިގާ ވާދަކޮށް އެކަކު މަދުކޮށް ކުޅެގެން 3-2 އިންނެވެ.