ads
ފޮޓޯ ބީއެމްއެލް
ރަށްރަށުގައި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބީއެމްއެލްއިން ހާއްސަ ގްރާންޓެއް
ރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަށްރަށުގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށްޓަކައި ހާއްސަ ގްރާންޓެއް ތައާރަފްކޮށްފިއެވެ.
Advertisement

މި ގްރާންޓަކީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ރަނގަޅުކުރުމަށާއި، އައު ވަސީލަތްތައް ގާއިމްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދައިދިނުމަށް އެހީތެރިވުމަށް ބޭންކުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްއިއްޔާތަކަށާއި (އެންޖީއޯ) އަދި ރަށު ފެންވަރުގައި ހިންގާ ޖަމާޢަތްތަކަށް (ސީބީއޯ) އެވެ. ސަރުކާރުގެ އިދާރާތަކާއި، ވިޔަފާރި ކުންފުނިތަކާއި އަދި ދައުލަތުގެ ފަންޑުން ހިންގާ އެހެނިހެން މުއައްސަސާތަކަށް މި ގްރާންޓަށް ކުރިމަތިނުލެވޭނެއެވެ. އަދި ބޭންކުގެ މުވައްޒަފުންނާއި އެމީހުންގެ ޢާއިލާގެ މެންބަރުންނަށްވެސް މި ފުރުސަތު ނުލިބޭނެއެވެ.

ގްރާންޓަށް ހުށަހަޅާ މަޝްރޫއުތައް ވަޒަންކުރާނީ ބޭންކުން ހާއްސަކޮށް އެކުލަވާލާ ޕެނަލަކުންނެވެ. މަޝްރޫއުތައް ވަޒަންކުރުމުގައި އެންމެ އިސްކަމެއް ދޭނީ މަޝްރޫއުގެ ދެމެހެއްޓެނިވި ކަމަށެވެ. މީގެ އިތުރުން، ހުށަހަޅާ އިކުއިޕްމަންޓްގެ އެކަށީގެންވާ މިންވަރާއި، މުޖުތަމައުއަށް ލިބޭ ފައިދާއާއި، މަޝްރޫއު ތަންފީޒުކުރުމަށް ހުރި ވަސީލަތްތަކާއި އަދި މަޝްރޫއުގެ މުއްދަތަށްވެސް ބަލާނެއެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް