ads
ގައުމީ ތަރައްގީ ޕްލޭން ހަދަން އޮސްޓްރޭލިޔާއިން 9.4 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ގައުމީ ތަރައްގީ ޕްލޭން ހަދަން އޮސްޓްރޭލިޔާއިން 9.4 މިލިއަން ރުފިޔާގެ އެހީ
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އޮސްޓްރޭލިއާ ސަރުކާރުން އެހީ ދީފިއެވެ.
Advertisement

ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތްތައް ފައްޓަވާފައިވާކަން ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ.

މި ޕްލޭން އެކުލަވާލުމަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ   9.4 މިލިއަން ރުފިޔާގެ އެހީއެއްް ދީފައެވެ.

your imageގައުމީ ތަރައްގީ ޕްލޭން ހަދަން އޮސްޓްރޭލިޔާއިން 9.4 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

މިއެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އުމްރާނީ ތަރަައްޤީއާބެހޭ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖޭސަފްއެވެ.

20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށްކަން ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން  ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސްޓޭކްހޯލްޑަރުންނާއި މާހިރުންގެ މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް