ads
އިދިކޮޅުގައި ޕީއެންސީން އޮތްއިރު ޗާގޯސް މައްސަލާގައި ރައީސް ނަޝީދާއި ބައްދަލު ކުރަނީ - ފައިލް ފޮޓޯ
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ޔޫކޭއިން އެއްބަސްވުމާއި ނަޝީދު ދެކޮޅު
ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި، އިނގިރޭސި ވިލާތުން އިސްތިއުމާރު ކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން، "ބައި ގަރުނަށް ފަހު" އިނގިރޭސިވިލާތުން މިހާރު ވަނީ އެއްބަސްވެފަ އެވެ.
Advertisement

މި ރަށްތައް މޮރިޝަސް އަށް ދޫކޮށްލަން އެއްބަސްވެފައި މި ވަނީ އެތައް އަހަރެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މީގެ ކުރިން ވަނީ ޗާގޯސްގެ މިލްކުވެރިކަން އޮންނަންވާނީ މޮރިޝަސް އަށް ކަމަށް އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. އަދި އެ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައި ވެސް ވެ އެވެ.

ޗާގޯސްގެ ރަށްތަކުގެ ތެރޭގައި، އެ ތަނުން ރާއްޖެއާ އެންމެ ކައިރީގައި އޮންނަ، އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނެ އެވެ. އެމެރިކާގެ މަނަވަރުތަކާއި ބޮން އަޅާ އަދި ދިގު ދަތުރުތައް ކުރާ އެއާކްރާފްޓްތަކަށް ހާއްސަކޮށްފައި އޮންނަ ޑިއެގޯ ގާސިއާ އަކީ އެމެރިކާއަށް ދިގު މުއްދަތަށް ކުއްޔަށް ދީފައި އޮންނަ ޗާގޯސްގެ ވަކި އަތޮޅެކެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިކަން އިއުލާނުކޮށްފައިވަނީ މޮރިޝަސް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުން އެކުގައި ނެރުނު ނޫސްބަޔާނެއްގަ އެވެ. 

މިއީ އެތައް އަހަރެއް ވަންދެން އެ ދެ ގައުމުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ނަތީޖާ އެވެ. މި އެއްބަސްވުން ފައިނަލައިޒްކޮށް ދެ ގައުމުން އެކުގައި މުއާހަދާއެއްގައި ސޮއިކުރާނެ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭން ދައުވާ ކުރަމުންދަނިކޮށް މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ދިނުމަށް އިނގިރޭސިވިލާތުން ނިންމީ ކަސިޔާރު ސިޔާސަތެއްގެ ތެރެއިން ކަމަށެވެ. 

"ރާއްޖޭން ދައުވާ ކޮށްކޮށް އޮއްވައި ޕެރޮސް ބެންހޮސް އެޓޯލް (ދިވެހި ބަހުން ފޯޅަވަހި) އިނގިރޭސިވިލާތުން މޮރިޝަސްއަށް ދިގެން ނުވާނެ، މިއީ ވަރަށް ކަސިޔާރު ސިޔާސަތެއް،" ޗާގޯސް އައިލެންޑްސް ސަރަހައްދު އެއީ ދިވެހިންގެ ބާރެއް ކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ގެނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.

ނަމަވެސް މިގޮތަށް ނިންމުމަކީ ސަރުކާރުގެ އިހުމާލެއް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ "ކަނޑުން ވިއްކާލި" ބައި ހޯދާނެ ކަމަށް ބުނެފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ހަފުތާ 14 ގައި ހިމެނުއްވި އެންމެ ބޮޑު އަދި ގައުމު ސިޔާދަތާ ގުޅޭ އެއް ވައުދަކަށްވީ ރާއްޖޭގެ ދެކުނު ކަނޑުން "ގެއްލުނު" ކަމަށް ބުނާ ސަރަހައްދު ހޯދުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމުމެވެ.

މި ސަރުކާރުން އެ މަސައްކަތް ވަނީ ހާއްސަ ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. 

އިޓްލޮސްގެ ނިންމުން ބަދަލުކުރަން ކުރަން ޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް އޭޖީ އޮފީހުން ފަށާފައިވާ ކަމަށާއި ލިޔެކިޔުންތައް ހޯދައި ދިރާސާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ރައީސް އޮފީހުން އެކުލަވާލި ކޮމިޓީގެ މެންބަރުން

  • ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް
  • ޑިފެންސް މިނިސްޓްރީން ކާނަލް އަހްމަދު މުޖުތަބާ
  • ފޮރިން މިނިސްޓްރީން ސެކްރެޓަރީ މަލްޓިލެޓެރަލް، އަހްމަދު ޝިޔާން

އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން އިއްޔެ އެއްބަސްވިއިރު، މިކަމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ވާހަކައެއް ނުދައްކަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް