
މެގުއާ
ޔުނައިޓެޑު ސަލާމަތްކޮށްދިނީ މެގުއާ
ސްޕޯޓްސް ޓީމް
04 އޮކްޓޯބަރ 2024 - 18:20:22
ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް، ޕޯޓޯއާ އެއްވަރު ވެއްޖެއެވެ.
މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ޔުނައިޓެޑުން ނަގާފައި އޮއްވާ، ޕޯޓޯއިން ތިން ލަނޑު ޖަހައި ކުރިވެސް ހޯދިއެވެ. އެކަމަކު ފަހު ވަގުތު އަނެއްކާވެސް ލަނޑެއް ޖަހައި ޔުނައިޓެޑު ސަލާމަތް ކޮށްދިނީ ހެރީ މެގުއާއެވެ. ޔޫރޮޕާ ލީގުގައި ޔުނައިޓެޑް މިހާތަނަށް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ފުރަތަމަ މެޗުގައި އެއްވަރުވީ ނެދަލެންޑްސްގެ ޓްވެންޓޭ އަތުންނެވެ.
ރޭގެ މެޗުގައި 81 ވަނަ މިނިޓުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކިއެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެކަމަކު ޔުނައިޓެޑުން އެޕީލް ކުރުމުން ފަހުންވަނީ އެ ރަތް ކާޑު ކެންސަލްކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް