ސްޕޯޓްސް އެވޯޑްސްގެ އެކިއެކި މަގާމްތަކަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައްވެސް އިއުލާން ކުރުމަށް ފަހު ކުއްލި ގޮތަކަށް އެވޯޑް ފަސްކުރި ސަބަބެއް ނޭނގެއެވެ. އެކަމަކު އެވޯޑް ފަސް ކުރަން ނިންމީ ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން ބާއްވަން ޖެހޭ ކަންކަން ނޫނީ ނުބޭއްވުމަށް ނިންމުމާއެކުއެވެ.
މި އެވޯޑު އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިމަހު 27 ގައެވެ. ނަމަވެސް އަޟްހާ އީދާއި ދިމާކޮށް މި ހަފްލާ އެހާ ފުރިހަމަކޮށް ނުބޭއްވިދާނެތީ މި އެވޯޑު ޖުލައި 4 އަށް ފަސްކުރިއެވެ. އޭގެ ފަހުން މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ފަހު، މިހާރު އޮތީ މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ.