ads
ނުރައްކާތެރިކޮށް ދުއްވަނިކޮށް ވީޑިއޯ އާއްމުވި ދެ ލޯންޗު
ނުރައްކާތެރިކޮށް ދުއްވި ލޯންޗުތަކުގެ މައްސަލަ ބަލަނީ
ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް އާއްމުވުމުން އެ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ދެ ލޯންޗެއް ރޭސް ޖަހާ ގޮތަށް ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ރަށެއްގެ ނެރުން ވަންނަތަނެވެ. 

އެ ވީޑިއޯއިން ފެންނަނީ  "ނަސްރު" ނަމަކަށް ކިޔާ ލޯންޗާކާއި "ރިލެކްސް ގޯލްޑް" ކިޔާ ލޯންޗަކާއި "ރަމްޒު ކުއީން" ކިޔާ ލޯންޗެކެވެ. 

"ނަސްރު" ލޯންޗު ދުވެލި ބާރުކޮށް "ރިލެކްސް ގޯލްޑް" ލޯންޗަށް ވުރެ ކުރިން ގޮސް ބަނދަރަށް ވަދައެވެ. އެ ލޯންޗު ވަދެވަދެ އޮއްވާ "ރަމްޒު ކުއީން" ލޯންޗުވެސް ބާރު ސްޕީޑުގައި އައިސް ވަންނަ ތަން ފެނެއެވެ. 

މި ވީޑިއީ އާއްމުވުމުން ގިނަ ބަޔަކު ވަނީ މިކަމުގެ ނުރައްކާތެރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށާއި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއީ އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަން އެނގިފައިވާކަމަށެވެ. އަދި އާއްމުވި ވީޑިއޯއިން އެ ފެންނަ މަންޒަރުތަކަކީ މިއަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހުގެ މަންޒަރުތަކެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް