ads
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެެއް. ފޮޓޯ: ޖޭ.ޑަބްލިޔު.އެމް މޯލްޑިވްސް
އެންމެ ހިތްހެޔޮ މީހުން އުޅޭ ގައުމުތަކުގެ ލިސްޓުގެ ހަތަރެއް ރާއްޖެ
ދުނިޔޭގައި އެންމެ ހިތްހެޔޮ މީހުން އުޅޭ ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނާގައި ރާއްޖެ ހިމެނިއްޖެއެވެ.
Advertisement

މި ލިސްޓަކީ މަޝްހޫރު ޓްރެވެލް މެގަޒިން، ކޯންޑޭ ނާސްޓް ޓެރެވެލާއިން ހޮވި ލިސްޓެކެވެ. މި ލިސްޓުގެ ހަތަރުވަނައަށް ރާއްޖެ އަރާފައިވަނީ 93.5 މާކްސް ލިބިގެންނެވެ. 

މި ލިސްޓު ކަނޑައާޅާފައިވަނީ އެ މަގަޒިންގެ ކިޔުންތެރިންގެ ކިޔުންތެރިންގެ ޗޮއިސް އެވޯޑުގެ ބައެއްގެ ގޮތުގައެވެ. ލިސްޓުގެ ވަނަތައް ތަރުތީބުކޮށްފައިވަނީ އެ މެގެޒިންހެ ކިޔުންތަރުިން ދަތުރުކުރި ގައުމުތަކާއި އެމީހުން ޗުއްޓީ ހޭދަކުރި ގައުމުންތަކުގެ ތެރެއިން އެންމެ ރަނގަޅު މެހެމާންދާރީއެއް ލިބުނު ގައުމުތައް ގިންތިކޮށްގެންނެވެ. 

އެންމެ ހިތްހެޔޮ ،މީހުން އުޅޭ ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނާގައި ރާއްޖެއޮތް އިރު އެއްވަނާގައި އޮތީ ކޮސްޓަރިކާއެވެ. ދެވަނަގާއި އޮތީ ނިއުޒިލެންޑްއެވެ. ތިންވަނާގައި އޮތީ ތައިލެންޑެއެވެ. 

ކޯންޑޭ ނާސްޓް ޓެރެވެލާއިން އެ ނޫހުގެ ކިޔުންތެރިންނަށް ރާއްޖެ ތައާރަފުކޮށްދީފައިވަނީ އެންމެ މަތީ ފެންވަރުގެ ހަނީމޫން މަންޒިލެއްގެ ގޮތުގައެވެ. އެހެންނަމަވެސް އާއިލާ އެއްކޮށް ދާން ރަނގަޅު ހިތްގައިމު ރިސޯޓްތައް ރާއްޖޭގައި އޮންނަކަމަށްވެސް އެ މެގަޒިންގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް