ads
ދޮށީ އުމުރުގެ މީހަކު ވޯޓުލާން ގެންދަން ފުލުހުން އެހީވަނީ:-
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަ އިތުރުވެއްޖެ
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށެވެ.

އެހެން ކަމުން ފުލުހުން ވަނީ މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް އާންމު ރައްޔިތުންނަށް، އަދި ވަކީން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން ބުނީ މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ އެ ފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެ ނަމަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް