އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނީ، މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.
އެމްއެންޑީއެފުން އެކްސްގައި އާންމުކޮށްފައިވާ ފޮޓޯއަށް ބަލާއިރު، އެ ފޮޓޯއިން ފެންނަނީ މާފަންނު އައިޖީއެމްއެޗް ކައިރީގައި ފެންހިންދުމުގެ މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.
މިރޭ ވެހުނު ވާރޭގައި މާލޭގެ ބައެއް މަގުތައް ފެންބޮޑުވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ.
ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 21:00 އިން 2:00 އަށެވެ.