މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:45 އާ ހަމައަށެވެ.
އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ގުގުރައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރު ކުރަން ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.