ads
ތަސްލީމް މުހައްމަދު: އޭނާ ގެއްލުނީ އިއްޔެ ރަހުމަތްތެރިންނާއެކު ފިނޮޅަށް ގޮސް އުޅެނިކޮށް
ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ: ފުލުހުން
ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 43 އަހަރުގެ މުހައްމަދު ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް އެބަ ދާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ދަތުރު ގޮސް އުޅެނިކޮށް ވީނުވީއެއް ނޭންގި ގެއްލިފައިވާ މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު ގެއްލިގެން ހޯދަން ފެށީ މިދިޔަ އޮގަސް  މަހުގެ 31 ވަނަ ދުވަހުގައެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވީ ތަސްލީމު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދެފައިވާ ކަމަށާއި އަދިވެސް ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓާނުކައި ކުރިޔަށް ގެންދާކަމަށެވެ.

"ތަސްލީމު ހޯދުމުގެ މަސައްކަތް މިދަނީ މެދު ކެނޑުމެއް ނެތި ކުރިޔަށް. މަސައްކަތް ހުއްޓާނުލާ ކުރިޔަށް މި ގެންދަނީ." ފުލުހުން ބުންޏެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ތަސްލީމް ހޯދުމަށްޓަކައި މެރިން ޕޮލިސްއާއި ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވް ޓީމްތަކުން އެ ފަސްގަނޑު ހިމެނޭ މޫދު ސަރަޙައްދު ބަލާފައިވާކަމަށެވެ. އެގޮތުން ޖުމުލަ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައިގެ ތަހުޤީގަށް ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި ހުވަފެންފުށި ކައިރީގައި އޮތް ފަސްގަނޑަށް ދަތުރު ދިއުމަށް ތަސްލީމް ފުރާފައިވަނީ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު 17:00 އާއި 17:30 ދެމެދު މާލޭގެ ދެކުނު ފަރާތު ބަނދަރުންކަމަށް ފުލުހުން ބުންޏެވެ.

އަދި މި ދަތުރުގައި ތަސްލީމް ހިމެނޭހެން 25 މީހުންނާއި 2 ކުޑަކުދިން ގޮސްފައިވާކަމަށް ތަޙްޤީގަށް އެނގިފައިވާކަމަށާއި ތަސްލީމް ހިމެނޭ ޤުރޫޕް ދަތުރު ދިޔައިރު އެތަނުގައި އިތުރު ބަޔަކު ތިބި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ރޭގަނޑު 00:00އާ ހަމައަށް ތަސްލީމް އެދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަމަށާއި އަދި އޭގެ ފަހުންވެސް ފަސްގަނޑުގައި ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި އޭނާ ނިދާފައި އޮތްކަމަށް ތަޙްޤީގަށް ހާމަވާކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް ވެސް އެދެފައިވާއިރު، ފުލުހުން ވިދާޅުވީ ތަސްލީމް ގެއްކުނު މައްސަލާގައި ޔެލޯ ނޯޓިސް ސެޕްޓެމަބރު 12 ވަނަ ދުވަހު އިންޓަޕޯލް އިން ޕަބްލިސްކޮށްފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް