ads
ސަލްމާން ޚާން އަދި ދިޝާ/ ފޮޓޯ: ގޮންޑަވާ ޔުނިވާސިޓީ
ސަލްމާން ހާން ކައިވެނި ނުކޮށް މި މަޑު ކުރަނީ ކީއްވެ ބާ..!؟
ސަލްމާން ހާން އަކީ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ އެއް ސުޕަ ސްޓާރެވެ. އަދި އެންމެ ކާމިޔާބު އެއް ފިލްމީ ތަރި އެވެ.
Advertisement

ބޮލީވުޑު ފިލްމު އިންޑަސްޓްރީގައި މިހާރުވެސް އެންމެ ކާމިޔާބު ފިލްމުތައް ކުޅޭ، އެންމެ ކާމިޔާބު ތަރި އަކީ ސަލްމާން ހާނަށް ވީނަމަވެސް، އޭނާގެ ފޭނުން އަބަދުވެސް ކުރިމަތި ކުރުވާ ސުވާލެއް އޮވެ އެވެ. އެ ސުވާލަކީ ސަމްމާން ކައިވެނި ނުކޮށް ހުންނަ ސަބަބާއި މެދުގައި އުފެދޭ ސުވާލެވެ.

ސަލްމާގެ އުމުރުން 58 އަހަރު ވީއިރު، އަދިވެސް ކައިވެންޏަކާއި ހަމައަށް ނުގޮސް ހުސްކޮށް ހުރުމަކީ ގިނަ ބައެއްގެ ހިތަކުގައި ސުވާލު އުފެދިފައިވާކަމެއް ނަމަވެސް ސަލްމާން އެއަށް ދޭ ޖަވާބަކީ އޭނާއަށް ކަމުދާ، ހަޔާތުގެ ބައިވެރިޔަކު ނުލިބުމައި، އަދި މިހާރު ކައިވެނި ކުރާ އުމުރު ފަހަނައަޅައި ގޮސްފައިވާކަމުގަ އެވެ.

ސަލްމާން ބޭނުންވާ ކަހަލަ ހަޔާތުގެ ބައިވެރިއެއް ނުލިބުމާއި ކައިވެނި ކުރާ އުމުރުން ގޮސްފިކަމަށް ބުނެ ވާހަތައް ދެއްކި ނަމަވެސް ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ "ހޮޓް" ބަތަލާއިންގެ ގޮތުގައި ބެލެވިފައިވާ ބައެއް ތަރިންނާއި އެކު ސަލްމާން ސިއްރު ގުޅުނަތްކެއް މިހާރުވެސް އޮވެ އެވެ. އެގޮތުން ދާދި ފަހުން ބޮލީވުޑް އިންޑަސްޓްރީގެ ބައެއް ހަބަރުތައް ބުނެފައިވާ ގޮތުން ސަލްމާން އަދިވެސް އެންމެ ގަޔާވާ ފަރާތަކީ ކުރީގެ ލޯބިވެރިޔާ އައިޝްވާރިޔާ ރާއީ އެވެ. ނަމަވެސް މި ބުނާ ބުނުންތަކުގެ އެއްވެސް ހަގީގަތެއް ނެތްކަމަށް ސަލްމާން އަންނަނީ ބުނަމުންނެވެ.

ސަލްމާން ކައިވެނި ނުކޮށް ހުންނާތީ އެ ސުވާލަށް ކޮންމެ ދުވަހަކުހެން އޭނާ އަށް ޖަވާބު ދޭން ޖެހެ އެވެ. ވަކިން ހާއްސަކޮށް މީޑިއާތަކުގެ ކުރިމަތީގަ އެވެ.

ސަލްމާން ހާނަށް ލިބުނު ކައިވެނީގެ ހުށަހެޅުން..!؟

ބޮލީވުޑްގެ ބައެއް ހަބަރުތައް ބުނާގޮތުން ނަމަ، ސަލްމާން މިހާރު ކައިވެންޏެއް ނުކޮށް އެހުންނަނި އޭނާގެ "އުމުރު" ފާއިތުވެ ދިޔުމުންނެވެ. މި އުމުރައި ކައިވެންނިކޮށްގެން ދިރިއުޅެވޭނޭ ދުވަސްތައް ނެތުމުންނެވެ.

ސަލްމާން މިހެން ބުނިކަމަށް ރިޕޯޓުތައް ހުރި ނަމަވެސް މިކަން ގަބޫލުނުކުރެވޭ ގިނަ ބަޔަކު އެބަތިއްބެ އެވެ. 90 ގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު ފިލްމުތަކުން ފެނިގެން ދިޔަ ސަލްމާން ވަނީ ސަންގީތާ ބިޖްލާނީ، ސޯމީ އަލީ، އަދި އައިޝްވާރިޔާ ރައި ބައްޗަން ފަދަ ތަރިންނާއި ލޯބީގެ ގޮތުން ގުޅިފައެވެ. ކަންމިހެން ހުރި ނަމަވެސް މީގެން އެއްވެސް ލޯބިވެރިޔަކާއި އެކު ސަލްމާގެ ލޯބީގެ ގުޅުން މާ ގިނަ ދުވަސަތްކެއް ވަންދެން ދެމިއޮންނަ ގޮތް ވަނީ ނުވެއެވެ.

މިހާރު އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއްވާހަކަ އަކީ ސަލްމާގެ "ބިގް ބޮސް 18" ގެ ބައިވެރިޔަކު ސަލްމާނަށް ހުށައެޅުމެއް ހުށަހެޅިވާހަކަ އެވެ. ދިޝާ ވަކާނީ ދަޔާބެން ނަކަމަށް ކިޔާ އުމުރުން 46 އަހަރުގެ ބަތަލާ ސަލްމާނާއި ކައިވެނީގެ ގޮތުން ގުޅެން ބޭނުންވެގެން ހުށަހެޅި ހުށަހެޅުމުގެ ވާހަކަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިޝާ މި ހުށައެޅުން ހުށައެލީ"ބިގް ބޮސް 18" ސޯ ފެށުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ. މި ހަފުލާގެ ތެރެއިން ސީދާ ސަލްމާނަށް އަމާޒުކޮށް އޭނާ އާއި ކައިވެނި ކުރާނަންތޯ ވަނީ ސުވާލުކޮށްފަަ އެވެ. ނަމަވެސް ސަލްމާން އެކަމަށް އިންކާރުކޮށް، އޭގެ ޖަވާބުގައި މިހާރު ކައިވެނި ކުރުމުގެ އުމުރު ގޮސްފި ކަމަށް ސަލްމާން ބުނިކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ސަލްމާން ހާނަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅި ދިޝާ އަކީ 97 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ހިންދީ ފިލްމުތަކުގައި ހަރަކާތްތެރިވެފައިވާ ތަރިއެކެވެ. ދިޝާ ހަރަކާތްތެރިވި ބައެއް ފިލްމުތަކުގެ ތެރޭގައި ޕޫލް އައުރް އަންގާރު ދޭވްދާސް ފަދަ ފިލްމުތައް ހިމެނެ އެވެ.

ސަލްމާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދަރިން ބޭނުން ކަމަށާއި އެކަމަކު އަންބަކު ބޭނުން ނުވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެ ޖަވާބަކީ ސަރޮގޭޓްކޮށްގެން ނުވަތަ އެޑަޕްޓްކޮށްގެން ދަރިއަކު ހޯދަން އުޅޭ ކަމަށް ބުނާ ވާހަކަ އަކީ ތެދެއްކަން ހާމަކޮށް ދިނުމުގެ ގޮތުން ދިން ޖަވާބެކެވެ.

your imageސަލްމާން ހާން 

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ކައިވެނި ކުރަން ބޭނުން ނުވަނީ މައިންބަފައިން ދެކެ އިންތިހާ އަށް ލޯބިވާތީ، ކައިވެނިކޮށްފި ނަމަ އެ މީހުންނަށް ދެވޭ ލޯތްބާއި ވަގުތަށް އުނިކަމެއް އަތުވެދާނެތީ އެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ސަރޮގޭޓް ދަރިން ތިބި މީހުންގެ ތެރޭގައި ޝާހްރުކް ހާން، އާމިރު ހާން، ތުޝާރު ކަޕޫރް އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނެ އެވެ.

ސަލްމާން ވަނީ ކެޓްރީނާ އާއި އައިޝްވާރިޔާ ރާއީ އާއި ސަންގީތާ ބިޖިލާނީ އަދި ޕާކިސްތާނުގެ ކުރީގެ ބަތަލާ ސޯމީ އަލީއާ ސީރިއަސް ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ.

"ބާރަތު" ގެ ޕްރޮމޯޝަނުގެ ތެރެއިން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއްގައި ސަލްމާން ބުނީ ކެޓްރީނާ ކައިވެނިކޮށްގެން ދަރިން ހޯދާ ތަން ދެކެން ވެސް ބޭނުންވާ ކަމަށެވެ.

ގާތްގަނޑަކަށް ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ސަލްމާނާއި ކެޓްރީނާ ރުޅިވީ 2010 ގަ އެވެ. އޭގެ ފަހުން ދެ މީހުން ދެން ދުވަހަކު އެކީގައި ފިލްމެއް ވެސް ނުކުޅޭނެ ކަމަށް ބެލެވިފައި އޮއްވައި އެކީގައި ސްކްރީނަށް އައީ 2012 ގެ "އޭކް ތަ ޓައިގާ" އިންނެވެ. ސަލްމާނާ ރުޅިވުމަށް ފަހު ކެޓްރީނާ ދެން ގުޅުނީ ރަންބީރު ކަޕޫރާ އެވެ. އެ ގުޅުން ނިމުމަކަށް އައީ 2016 ގަ އެވެ.

ސަލްމާން ލޯބީގެ ގުޅުން ބޭއްވި މީހުންގެ ތެރެއިން އޭނާއާ މިހާރު ވެސް އެންމެ ގާތް ގުޅުމެއް ބާއްވަނީ ކެޓްރީނާ އާއި ފުރަތަމަ ލޯބިވެރިޔާ ސަންގީތާއާ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް