ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އެމްޑީޕީ
ކެމްޕޭން ދަތުރުތައް: އެމްޑީޕީން މޯލްޑިވިއަންއަށް 1 މިލިއަން ރުފިޔާ ދައްކައިފި
މިދިޔަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން މޯލްޑިވިއަން އެއާލައިންއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކައިފި އެވެ.
Advertisement

މި މައުލޫމާތު ހާމަވެފައިވަނީ ސިވިލް ކޯޓުން މިއަދު ކުރި ހުކުމަކާ ގުޅިގެންނެވެ.

އެމްޑީޕީން މޯލްޑިވިއަންއަށް ޖުމްލަ 5.6 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. މިއީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ އެވެ. މި ފައިސާ ނުދެއްކުމުގެ ސަބަބުން މޯލްޑިވިއަންއިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ނަމަވެސް، މިދިޔަ ޖޫން މަހު ދެ ފަރާތުގެ މެދުގައި މަޝްވަރާތަކެއް ކުރެވި، ފައިސާ ދެއްކުމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވެ އެވެ. މި އެއްބަސްވުމުގެ ދަށުން، އެމްޑީޕީން ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި އެއް މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދައްކާފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ފައިސާ ދެއްކުމާއި ގުޅިގެން، މޯލްޑިވިއަންއިން ވަނީ މައްސަލަ އަނބުރާ ގެންދިއުމަށް އެދިފަ އެވެ. މިހާރު ކޯޓުން ވަނީ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނަ ގޮތަށް ދަޢުވާ ފޯމު ބާތިލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް