ކުޑަ ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައަކީ، އުމުރުން 11 އަހަރުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް 2020 ވަނަ އަހަރު ދައުވާ ކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވަނީ އެ ގުރުއާން ޓީޗަރުގެ މައްޗަށް ކުށް ސާބިތުވެ 14 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންނަމަ ވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އާދިއްތަ ދުވަހު އެ ހުކުމް ބާތިލު ކުރިއެވެ.
މި މައްސަލާގައި ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ މެޖޯރިޓީންނެވެ.
މި މައްސަލައިގައި ހިމެނޭ ޓީޗަރުގެ މައުލޫމާތު ހަބަރުގައި ހިމަނާފައިވައިނުވަނީ މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ.