ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯޑީއާ ބައްދަލުކުރެއްވުން
އެމްއެމްއޭ އަށް 400 މިލިއަން ޑޮލަރުގެ 30 ބިލިއަން ރުޕީސް ސްވޮޕްކޮށް ނެގުމުގެ ފުރުސަތު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 400 މިލިއަން އެމެރިކާ ޑޮލަރު، ނުވަތަ 30 ބިލިއަން އިންޑިއަން ރުޕީސް ސްވޮޕްކޮށް ނެގުމުގެ ފުރުސަތު އިންޑިއާއިން ދީފި އެވެ.
Advertisement

މި ފުރުސަތު ލިބުނީ ރާއްޖެ އާއި އިންޑިއާ ދެމެދު މިއަދު ސޮއިކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެމްއެމްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް ދެ ކަރަންސީ ވިންޑޯއަކުން ސްވޮޕް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

އެމްއެމްއޭއިން ބުނާ ގޮތުގައި ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ބޭރު ފައިސާގެ ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެކެވެ. އަދި އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދެ ގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއް ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން 2016 ވަނަ އަހަރުން ފެށިގެން ސްވޮޕް އެއްބަސްވުންތައް ބޭނުންކުރަމުން އަންނަ ކަމާއި، މިހާތަނަށް 700 މިލިއަން ޑޮލަރުގެ ސްވޮޕް ބޭނުންކޮށްފައިވާ ކަމަށްވެސް އެމްއެމްއޭއިން މީގެ ކުރިން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް