ads
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް
މި އަަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފި އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭ އިރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Advertisement

އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ދުވަހާއި ހަމައަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު، މި އަހަރުގެ ފަތުރުވެރިންގެ އަދަދުތަކުން 9.5 އިންސައްތައިގެ ކުރިއެެރުމެއް ހޯދާފައި ވެއެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އައީ 30601 ފަތުރުވެރިންނެެ. މިދިޔަ އަހަރު އެ މުއްދަތުގައި އައިސްފައި ވަނީ 29259 ފަތުރުވެރިންނެވެ.

މި އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 227،978 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 15 ޕަސަންޓެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތަ ރަޝިޔާއިން ހިއްސާކުރާއިރު، އެ ގައުމުން އައިސްފައިވާ ފަތުރުވެރިންގެ އަދަދު 166،172 އަށް އަރަ އެވެ.

ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 128،262 ފަތުރުވެރިންވަނީ އައިސްފައެވެ. އެއީ މި އަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ އެވެ.

ޓޫރިޒަމް ދާއިރާގައި 1،216 ތަނަކުން ހިދުމަތްދޭއިރު، އޭގެ ތެރޭގައި ހިމެނެނީ 182 ރިސޯޓާއި 795 ގެސްޓް ހައުސް އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ 10 ޕަސެންޓުގައި ކުރިއަރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް