 
                                                                                                
                    މި އިންޒާރުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ރާޅުގެ އުސްމިން 8 ފޫޓާ ހަމައަށް އުފުލިދާނެކަމަށް ބުނެފިއެވެ.
އިދާރާއިން ހާމަކުރި ގޮތުގައި ރާއްޖޭގެ ދެކުނު ސަރަހައްދުގައި ވައި ގަދަވެ، ގަޑިއަކު 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން 40 މޭލަށް އަރާފާނެކަމަށްވެސް ލަފާކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަވެ، ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ވާރޭވެހުން އެކަށީގެންވާކަމަށް އިދާރާއިން ވަނީ އަންގާފައެވެ.
މި ހާލަތާ ގުޅިގެން، ކަނޑުދަތުރުކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.