ads
ޒާރާ އަދި ސަަންޝިޔާމް ވޯލްޑުގައި ގެންގުޅޭ އަހެއް
ޒާރާގެ ކައިވެންޏަށް ކަމަދޫއަށް ތިން އަސް ގެންގޮސްފި
ކަމަދޫ ދަރިއެއް ކަމަށްވާ އާމިނަތު ޒާރާގެ ކައިވެންޏާ ގުޅިގެން އެ ރަށަށް ތިން އަސް ގެނެސްފިއެވެ.
Advertisement

މި އަސްތައް ގެނެވުނީ ޒާރާގެ ވާންއުޅޭ ފިރިމީހާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިސްނެގުމުގެ ދަށުންނެވެ.

މި ކަމާގުޅިގެން ކަަމަދޫ ކައުންސިލުން ބުނީ މި ހަފްލާއަކީ "ޕްރައިވެޓް" ހަފްލާއެއް ކަމުން އެ ކަމުގެ މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށެވެ. 

ކަމަދޫއަށް ގެނެވުނު އަސްތަކުގެ ތެރޭގައި ހިމެނެނީ ދެ ހުދު އަހާއި އެއް މުށި ކުލައިގެ އަހެވެ. މި އަސްތައް ގެނެވުނީ ޒާރާއާއި ސިޔާމްގެ ކައިވެނީގެ އުފާ ކަމަދޫގެ ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުންނެވެ. ސިޔާމަކީ އަހަށް ވަރަށް ލޯބިކުރާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އޭނާގެ ރިސޯޓުގައިވެސް އަސް ގެންގުޅޭކަން އެނގިފައިވެއެވެ.

ޒާރާގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅުގައި ހުންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ. މީގެ ކުރިން ކަމަދޫގައި ޒާރާގެ ރަންކިޔުމުގެ ހަފްލާ ބޭއްވުނެވެ. މި ހަފްލާގައި ޒާރާ ވަނީ ސިޔާމްއަށް އަމާޒުކޮށް ހާއްސަ ލަވައެއް ހުށަހަޅާފައެވެ. މި ލަވައަކީ އިންޑިއާގެ މަޝްހޫރު ލަވައެއްގެ ރާގަށް ހަދާފައިވާ ލަވައެކެވެ.

ކަމަދޫގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި ޒާރާގެ ކައިވެންޏަކީ އެ ރަށަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މި ކައިވެންޏާ ގުޅިގެން ކަމަދޫއަށް އީދެއް އައިސްފައިވާކަމަށް ބުނެވެއެވެ. އަސްތައް ގެނައުމަކީ މި އުފާވެރިކަން އިތުރަށް ފާހަގަކޮށްދޭ ކަމެއް ކަމުގައި ރައްޔިތުން ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް