ads
ފޮތް ރިލީޒް ކުރުމުގެ ތެރެއިން
މަޖިލީހުގައި އެއްޕާޓީގެ މެޖޯރިޓީ އޮތުމަކީ ޑިމޮކްރަސީ ދަންނަކަމެއް ނޫން: އަބްދުއްސައްތާރު
ރައްޔިތުންގެ މަޖިލީހުގައި އެއްޕާޓީގެ މެޖޯރިޓީ އޮތުމަކީ ޑިމޮކްރަސީ ދަންނަކަމެއް ނޫން ކަމަށް ހެލްތުގެ ތަޖުރިބާކާރު ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. އަބްދުއްސައްތާރު މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނާއި އެންޑެވާ-މޯލްޑިވްސް ގުޅިގެން ނެރުން ފޮތެއް ކަމުގައި "ގައުމެއް ހަލާކުގެ ތުންފަތް މަތީގައި" ގައި އެވެ. 

އެ ފޮތުގައި އިތުރަށް ވާ ގޮތުން އެކަން އެ ގޮތަށް ކުރުމަކީ އަނިޔާ ވެރިކަމަށް ދެވޭ ޖާގަ އެއް ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ އެ ހުޅުވާލެވެނީ ހުދުމުހްތާރު ވެރިކަމަކަށް ސަރާސަރު ރާސްތާ އެކަމުގައި އެވެ.  

" ޕާޓީ އެއް ނެތުމާއި މި އޮތް ސުޕާ މެޖޯރިޓީގެ ހާލަތާ އޮތް ތަފާތަކީ ކޮބައިކަން ވިސްނާލަން އެބަ ޖެހޭ. މި ދެ ހާލަތުގައި ވެސް އޮތީ އެއްޕާޓީ ބާރުވެރިކަން ތަމްސީލު ކުރާ ހާލަތެއް. ވުމާއި އެކު މިއިންވެސް ދައްކަނީ އަހަރުމެންގެ ރާއްޖޭގެ ޑިމޮކްރަސީ ފެށިނީއްސުރެ މި ވުޖޫދު ކުރެވިފައިވާ މަލްޓި ޕާޓީ ހަރަކާތްތަކުގެ ތެރެއިން އަނެއްކާވެސް މި ރުޖޫއަވެވުނީ އެއް އިހްސާސަކަށް" އެ ފޮތުގައިވެ އެވެ.

މި ގައުމަކީ އެއް ޕާޓީވަންތަ ގައުމެއް ކަމަށާއި އަޅުގަނޑުމެންގެ މެދުގައި އެއްވެސް ވާދަ ވެރިކަމެއް ތަބީއަތުގައި ނުހުންނަ ކަމަށް އެ ފޮތުގައި ފާހަގަ ކޮށްފައިވެ އެވެ. މި ހުރިހާ ކަމަކީ ވެސް ރާއްޖޭގެ ސިޔާސަތުގައި ނެތް ސިފައެއް އޮތް ކަމަށް ދެކުމަށް ކުރާ މަސައްކަތް ކަމަށް އެ ފޮތުގައިވެ އެވެ.

އެ މި ފޮތަކީ 2022 ވަނަ އަހަރު ނެރުން "އަނޭޝަން އިން ޕްރިލް" ގެ ނަމުގައި އެންޑެވާ މޯލްޑިވްސް އިން ނެރުން ފޮތުގެ ދިވެހި ތަރުޖަމާއެއް ކަމަށް ޑރ.އަބްދުސައްތާރު ފާހަަގަ ކުރެއްވި އެވެ. 

your imageފޮތް ރިލީޒް ކުރުމުގެ ތެރެއިން

މި ފޮތް ބެހޭގޮތުން ޑރ. އަބްދުއްސަތާރު ވިދާޅުވީ ދިވެހި ރާއްޖެ ފެންނަނީ ފެއިލްވެފައިވާ ގައުމެއްގެ މިސްރާބަށް ދަތުރު ކުރަމުން ދާތަން ކަމަށާއި މިކަން ސާބިތުކޮށްދޭ އެތަށް ދަލީލެއް އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އެބައޮތް ކަމުގަ އެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ގައުމު ހިންގުމުގެ ނިޒާމުގެ ތެރޭގައި އެތަށް ހުރަސްތަކެއް ވާކަން މި ފޮތުން ދައްކުވައިދޭނެ ކަމުގަ އެވެ.

your imageފޮތް ރިލީޒް ކުރުމުގެ ތެރެއިން

ގިނަ ފޮތްތަކެއް ކުރިން ވެސް ލިޔުއްވާފައިވާ ޑރ. އަބްދުއްސައްތާރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިކަމުގެ މައިގަނޑު ސަބަބަކީ ޒިންމާދާރު ކަމެއް ނެތި ދައުލަތް ހިންގުމަށް ގެންގުޅޭ އިދާރީ އޮނިގަނޑަށް އަމަލީ ސިފަ ފޯރުކޮށް ގައުމު ބައިބައިކޮށްލުމަށް މިސްރާބު ދައްކައިދިން ވާދަވެރި ސިޔާސީ ޕާޓީ ނިޒާމް ކަމުގަ އެވެ. 

ޑިމޮކްރެޓިކް ނިޒާމެއްގައި އަދި ގައުމު ހިންގުމުގައި ވެެސް ވާދަވެރި ޕާޓީ ނިޒާމެއް ކޮންމެހެން އޮތުން މުހިންމު ނޫން ކަމަށް ފާހަގަ ކުރައްވަމުން ޑރ.އަބްދުއްސައްތާރު ވިދާޅުވީ މިއަށް ރަނގަޅު ގޮތެއް އަޅުގަނޑުމެން ހޯދަން ޖެހިފައިވާ ކަމަށެވެ. 

ނިންމާލަމުން އެ މަނިކުފާނުވަނީ މި ފޮތް ލިޔުމަށް އެހީތެރިކަން ފޮރުކޮށްދެވި ބޭފުޅުން ހިތުގެ އަޑިން ޝުކުރު އަދާކުރައްވާކަމަށް ފާހަގަ ކުރައްވާފައި އެވެ. 

ޒިންމާދާރު ކަމެއް ނެތި ދައުލަތް ހިންގުމަށް ގެންގުޅޭ އިދާރީ އޮނިގަނޑަށް އަމަލީ ސިފަ ފޯރުކޮށް ގައުމު ބައިބައިކޮށްލުމަށް މިސްރާބު ދައްކައިދިން ވާދަވެރި ސިޔާސީ ޕާޓީ ނިޒާމުން ކަމަށް ސައްތާރު ފޮތުގައި ވިދާޅުވިިރު، ދައުލަތް ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ ރައްޔިތުން ކަމަށް ދެކި، ރާއްޖެ ހިންގުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ "އެދޭ ރާއްޖޭ" ހަރަކާތްތުން ވަނީ ވެރިކަން ހިންގުމުގެ ކޮންމެ ނިޒާމެއް އޮތް ނަމަވެސް ރާއްޖޭ ހިންގަން ހަވާލުވާ މީހުން އަމިއްލައަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން މަޖުބޫރުވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ގޮވާލާފަ އެވެ.

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އިސްލާހް ތަކެއް ހުށައަޅާ ރައްޔިތުންގެ ހިޔާލަށް ކަރުދާހެއް ދޫކޮށްލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ.  

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:

  • ރައްޔިތުންގެ ބާރު
  • ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
  • ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
  • އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
  • އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
  • އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
  • އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
  • މިނިވަން ބަންޑާރަ ނައިބެއް ހޯދުން
  • ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
  • ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން 
  • ސަރުކާރު ރޯލް ސާފުކޮށް ލިޔުން
  • ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
  • ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
  • ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. 

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ. 

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް