ads
ހުޅުމާލޭގައި ތަރައްގީކުރި ހެދިކާ ވިއްކާ ހަޓްތައް
ފަޒުލްގެ ސުވާލު، ފޭސް ދޭއްގެ ހެދިކާ ވިއްކާ ހަޓްތައް ރީތި ދޯ؟
ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓްތައް ކުރިމަތިން މޫދާ ދިމާލަށް އޮތް ސަރަހައްދުގައި މީގެ ކުރިން ޖެހުނު މީހަކު ދިޔައީ ތަންތަން ހަދާ ވިޔަފާރިކުރަމުންނެވެ.
Advertisement

އެ ސަރަހައްދުގައި ވިޔަފާރު ކުރި މީހުން ވިޔަފާރިކުރަން ހަޓްތައް ޖަހާފައި ހުރީ އެމީހަކު ހިތު ހުރި ގޮތަކަށެވެ. އެއްބަޔަކު ޓިނުން އަނެއް ބަޔަކު ފިލާ ބޭނުންކޮށްގެންނެވެ. ދެން ތިބި ބަޔަކަު ވިޔަފާރި ކުރަމުން ދިޔައީ މޭޒުގަނޑެއް ބަހައްޓާލައިގެން އޭގެ މަތީ ތަކަތެި އަތުރައިގެންނެވެ.

އެހެންނަމަވެސް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ސަރަހައްދުގައި އެގޮތް މި ގޮތަށް ހުރި ހަޓްތަކުގައި ސަބަބުން ރީިތިކަން ގެއްލިފައިވާ އެ ސަރަހައްދު އަލުން ރީތިކުރުމުގެ މަސައްކަތް ފަށާފައެވެ. އެއާއި އެެކު އެ ސަރަހައްދުގައި ހުރި ހަޓްތައް ނަގާ ކިއޮސްކުތަކެއް ހެދުމުގެ މަސައްކަތް ފެށިއެވެ. 

އެއްވެސް އުސޫލެއް ނެތި ހުރި ހަޓްތައް ނަގާ އެޗްޑީސީން މިއަދު ވަނީ އެ ސަރަހައްދުގައި ހިތްގައިމު ހަޓްތަކެއް ޖަހާފައެވެ. އެޗްޑީސީން އަލަށް ހެދި ހަޓްތައް ނިންމާ މިއަދު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު  މިއަދު ވަނީ އެެ ހަޓްތަކުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ފޮޓޯތައް ދޫކޮށްލަމުން ފަޒުލް ހަމަ އެބްމެ ސުވާލެއް ދޫކޮށްލައްވާފައެވެ. 

" ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރެވިފައިވާ ހެދިކާ ވިއްކާ ހަޓްތައް، ރީތި ދޯ؟" ފަޒުލް އެކްސްގައި ދޫކޮށްލެއްވި ސުވާލުގައިވެއެވެ.

އަލަށް  ހެދި ހަޓްތައް ދުރަށް ފެންނައިރުވެސް ހަމަ ރީއްޗެވެ. ކުރިން އެއްވެސް ތަރުތީބެއް ހަމައެއް ލަމެއްެ ނެތް ސަރަހައްދު މިހާރު ފެންނަނީ ވަރަށް ތަރުތީބުކޮށް މީހުންނަށް ގޮސް އުޅެންވެސް ފަސޭހަކޮށް ހުރި ތަނެވެ. އަދި ތަން ތަރައްޤީކޮށްފައިވަނީ އެ ސަރަހައްދަށް ދާ މީހުންނަށް އިށީދެގެން ތިބެ ސައި ކޮފީވެސް ބޯލެވޭ ގޮތަށެވެ. 

މި ކިއޮސްތައް ދޭން އެޗްޑީސީން ނިންމާފައިވަނީ ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލައިގެންނެވެ. މި ހަޓްތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުރިމަތިލާވެސް ފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް