މިއީ ހަރިކޭން ކެޓަގަރީ 5 ގެ ތޫފާނެއްކަމަށް ކަމަށްވާއިރު، ގަޑިއަކު 165 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ބެލެވެއެވެ.
"ހަރިކޭން މިލްޓަން" އަރާނެކަމަށް ލަފާކުރެވެނީ މިއަދުގެ ވަގުތެއްގައި އެމެރިކާގެ ފްލޮރިޑާއަށެވެ. މިއީ ދެ ހަފްތާއެއްހާ ދުވަސްކުރިން ހަރިކޭން ހެލީންއިން ފްލޮރިޑާއަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވި ތިއްބާ ކުރިމަތިވާ އިތުރު ނުރައްކަލެކެވެ. މިކަމާ ގުޅިގެން ފްލޮރިޑާގެ ގަވަރނަރު ރޮން ޑިސެންޓިސް ވަނީ ގިނަ އަދަދެއްގެ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ހަރިކޭނާ ގުޅިގެން ފްލޮރިޑާގެ ގިނަ ސަރަހައްދުތަކުން މީހުން ބަދަލުކުރަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ތެލުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ސްކޫލްތަކާއި ވައިގެ ބަނދަރުތައް ވެސް ވަނީ ބަންދުކޮށްފައެވެ.