ޒަމީރު އިންވެސްޓަރުންނަށް މި ޔަގީންކަން ދެއްވީ، ރައީސް މުއިއްޒުގެ އަރިހުގައި އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، މިއަދު ބެންގަލޫރުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަށް ވިޔަފާރީގެ ރޮނގުން ކުރިއަށް ދެވޭނެ ކިތަންމެ ފުރުސަތު ތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އިން ރާއްޖޭގައި ފުޅާދާއިރާއެއްގައި އިންވެސްޓް ކުރެވިދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރާއްޖެގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް އިއާދަ ކުރަނިވި ހަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޓެކްނޮލޮޖީގެ އެހީގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އަދި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަކީވެސް ސަރުކާރުގެ ހާއްސަ އިސްކަމެއް އޮތް އަމާޒެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން އައްޑޫ އިންޓަނޭޝަން އެއާޕޯޓާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީވެސް މިކަމުގެ ބައެއްކަމުގައި ފާހަގަކުރެއްވިއެވެ.
އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިހާރު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރަން ނިންމައި އޭގެ ކަރުދާހުގެ މަސައްކަތްތައް ފަށަން އެއްބަސްވެފަ އެވެ.
އިންޑިއާގެ ވިޔަފާރިވެރިން ބުނާ ގޮތުގައި އެއީ ދެ ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އަވަސް ނިންމުންތަކެއް ނިންމަން ޖެހޭ ކަމެކެވެ.