ކާވާ މުބާރާތަށް މާދަމާ ދިވެހި ޓީމު ފުރަނީ
ސްޕޯޓްސް ޓީމް
09 އޮކްޓޯބަރ 2024 - 23:20:47
ކާވާ ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.
ކާވާ މުބާރާތް އޮންނަނީ އުޒްބެކިސްތާނުގައެވެ. ދިވެހި ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.
ކާވާ ވޮލީބޯލް ޗެލެންޖް ކަޕް ކުރިއަށްދާނީ މި މަހުގެ 18 އިން 24 އަށް އުޒްބެކިސްތާނުގެ ޓަޝްކެންޓުގައެވެ. މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.
މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އަދި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝަރަފެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް