ads
ޕޮކެޓް ޕާކިން ޒޯނުތަކަށް އެދުމުގެ މުއްދަތު މި ވަނީ އަނެއްކާވެސް އިތުރުކޮށްފައި
ޕޮކެޓް ޕާކިން ޒޯނުތަކުން ޖާގައަށް އެދުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ޕޮކެޓް ޕާކިން ޒޯނުތަކުން ޖާގައަށް އެދުމުގެ މުއްދަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްދީފިއެވެ.
Advertisement

މީ މިުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. ކުރިން އޮތް ގަޮތުން މި މުއްދަތު ހަމަވާނީ އިއްޔެ އަށެވެ. 

މުއްދަތު އިތުރުކޮށްދޭން ނިންމުމާއެކު، ޕާކިން ޖާގައަށް އެދުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. 

އެޗްޑީސީން މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 8 ޕޮކެޓް ޕާކިން ޒޯނަކުން ޖުމްލަ 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ޖާގަތައް ކުއްޔަށް ދޫކުރެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، ކުލީގެ ގޮތުގައި މަހަކު 2،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް މި ފުރުޞަތަށް ކުރިމަތިލެވޭނެއެވެ. އަދި އެދޭ ފަރާތުގެ ނަމުގައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ B1 ނުވަތަ C1 ކެޓަގަރީގެ އުޅަނދެއް އޮންނަންވާނެއެވެ. މީގެއިތުރުން، އެދޭ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވުން ލާޒިމުވެއެވެ.

ޕާކިން ޖާގަތައް ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބެއްވެސް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ފުރަތަމަ އިސްކަންދޭނީ ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އޭގެފަހުން، މާލޭ ސަރަހައްދުގެ އެހެން ތަންތަނަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ފުރުސަތު ދެވޭނެއެވެ. ނަމަވެސް، ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް