ads
މީހަކު ފިތުރު ޒަކާތް ދައްކަނީ
މުދަލު ޒަކާތް މިދިޔަ އަހަރަށްވުރެ މިހާތަނަށް 12 މިލިއަން ރުފިޔާ އިތުރު
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް އިތުރުވެފައިވާކަމަށް މީރާ އިން ހާމަކޮށްފިއެވެ.
Advertisement

މީރާއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް 82.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަަށް ލިބުނު އަދަދަށް ވުރެ 12 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ލިބިފައިވަނީ 70 މިލިއަން ރުފިޔާ އެވެ. 

މުދަލު ޒަކާތުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު ނިމުނު އަހަަރާ އަޅާކިޔާއިރު މި އަހަަރު 17 އިންސައްތަ ވަނީ އިތުރުވެފައެވެ. 

މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިިދިޔަ ސެޕްޓެމްބަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 8.7 މިލިއަން ރުފިޔާއެވެ. މީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެެ 204 އިންސައްތަ އިތުރުވެއްކަމަަށް މިރާއިން ބުނެއެވެ. 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. 

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ވަނީ ބަހާފައެވެ. އަދި މީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ޖެހުނު އަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިދިޔަ 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް