ads
ވެމްކޯގެ ކުޅުންތެރިއެއް
ގައުމީ ވޮލީ ލީގުގައި ވެމްކޯ ދެވަނަ މެޗުންވެސް މޮޅުވެއްޖެ
ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ކްލަބް ވެމްކޯ އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.
Advertisement

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ދެވަނަ މެޗުގައި ވެމްކޯ އިން ނުކުތީ ގުޑީސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ވެމްކޯ އިން ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ, 25-08, 25-06 އަދި 25-09 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރް އެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 14 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް