ads
ތުއްތު ކުއްޖާއަށް ސައިކަލްގެ ހުންގާނު ދޫކޮށްލައިގެން އިންނަނަ ތަން ފެންނަ ވީޑިއޯއިން ތަންކޮޅެއް
ސައިކަލްގެ ކޮންޓްރޯލް ތުއްތު ކުއްޖާއަށް، މައްސަލަ ބަލަނީ
ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލުގައި އިން ކުޑަކުއްޖަކަޑށް ސައިކަލްގެ ކޮންޓްރޯލް ދޫކޮށްލައިގެން އިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

ސިނަމާލެ ބްރިޖު ހައިވޭގައި ސައިކަލް ދުއްވާފައިދިޔަ މީހަކު އެ ސައިކަލްގައި އިން ތުއްތު ކުއްޖާއަށް ހުންގާނު ދޫކޮށްލައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ވީޑިއޯއިން ފެންނަނީ ސައިކަލްގައި އިން މިހާ އެ ސައިކަލްގެ ކުރީގައި އިން ކުއްޖާއަށް ސައިކަލްގެ ކޮންޓްރޯލް ދޫކޮށްލައިގެން އިންނަ ތަނެވެ. ބަލާ ބެލުމަށް އެކުއްޖަކީ އުމުރުން ފަހެއް ނުވަތަ ހަ އަހަރުގެ ކުއްޖެކެވެ. 

ސައިކަލްގެ ސްޕީޑުން އަތް ދޫކޮށްލާ ކުޑަކުއްޖާއަށް ކޮންޓްރޯލް ދޫކޮށްލައިގެން އެމީހާ ކަނާއަތް، ފައި މަތީގައި ބާއްވާލައިގެން އިންނަތަން ވީޑިއޯއިން ފެނެއެވެ. އަދި ވަކި ހިސާބަކުން އެ މީހާ، ހުންގާނުގައި ހިފާތަންވެސް ފެނެއެވެ. މި މަންޒަރު ރެކޯޑްކޮށްފައިވަނީ އެ ސަރަހައްދުން ދިޔަ ކާރެއްގައި އިން މީހެކެވެ. 

ފުލުހުން ބުނީ ސޯޝަލް މީޑިއާއިން އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ، އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް