ads
މޫސުން ގޯސް ދުވަހެއް
މި ވިއްސާރައިގައި ވައި އެންމެ ގަދަވާނީ ރާއްޖޭގެ އުތުރާއި މެދަށް: މެޓް
މިހާރު މުޅި ރާއްޖެއަށް ކުރަމުން އަންނަ މި ވިއްސާރައިގައި ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ ވައި ގަދަވާނީ ރާއްޖޭގެ އުތުރާއި މެދަށްކަމަށް މެޓުން ބުނެފިއެވެ.
Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ދެކުނު ސަރަހައްދުގައި ވެސް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ބުނާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ، ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ. މި ހާލަތާ ގުޅިގެން، ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލުކަން ނެރެފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މި ހާލަތުގައި، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ. މޫސުން ގޯސްވެފައިވާ މި ދުވަސްވަރު، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މެޓުން ފާހަގަކުރިއެވެ. 

ފުލުުހުންވެސް ވަނީ މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް