ads
މަސްވެރިން: ފޮޓޯ ކެޔޮޅު
މަސްވެރިންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ އިން ވަނީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
Advertisement

މި އެވޯޑުތަކަކީ މަސްވެރިކަމުގެ ދާއިރާގައި ހިދުމަތްތެރި ފަރާތްތަކަށް ދެވޭ ހާއްސަ އެވޯޑުތަކެކެވެ.

މިނިސްޓްރީ އިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި އަހަރު ދިނުމަށް ހަމަޖެހިފައިވަނީ ތިން އެވޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން ދަށުގެ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅަކަށް ދެވޭ އެވޯޑާއި، 35 އަހަރުން މަތީގެ އެންމެ ތަޖުރިބާކާރު ކެޔޮޅަކަށް ދެވޭ އެވޯޑެވެ. މީގެ އިތުރުން ފަރުމަހުގެ މަސްވެރިކަން ކުރާ އެންމެ ހިދުމަތްތެރި ފަރުމަސްވެރިޔާއަށް ވެސް އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށެވެ. އެވޯޑުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަތާ މިހާރު ވަނީ 44 އަހަރު ފުރިފައެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. މަސްވެރިންގެ ހިދުމަތް ފާހަގަކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމަކީ މި ދުވަހުގެ މައިގަނޑު އެއް މަގުސަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް